ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ މަލަސް ރެސިޑެންސް ކައިރި ހުރި ގަސްތަކެއްގައި ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.