theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އުމަރު ނަސީރު ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންސީއިން ގައުމަށްވީ އެންމެ ބޮޑު ޚިޔާނާތަކީ، "އިންޑިއާ މިލިޓަރީ އައުޓު"އަށް ޚިޔާނާތްތެރިވުން: އުމަރު
Mariyam Isaadha
މަރިޔަމް އިސާދާ
27 ޖޫން 2025
މާލެ ސިޓީ

ޕީއެންސީއިން ގައުމަށްވީ އެންމެ ބޮޑު ޚިޔާނާތަކީ، "އިންޑިއާ މިލިޓަރީ އައުޓު"އަށް ޚިޔާނާތްތެރިވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޗެނަލް13 ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ވެރިކަމުގެ މިވީ ދުވަސްތަކުގައި ކުރެވުނުހާ ވެސް ކަމަކީ ކަންކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ދޮގުތަކެއް ހެދުން ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ ބޮޑަށް މި ސަރުކާރުން ހެދި ދޮގުތަކުގެ ތެރޭގައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމާ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ހިމެނޭއިރު އެ ދެ ކަމުންވެސް ސަރުކާރުން ބޭނުންވާ ނާޖާއިޒު ފައިދާ ނަގާ ފަހުން އެކަން ވެސް އޮޅުވާލީ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރަން އައިސް މި ސަރުކާރުން މިހާރު ތިބީ އިންޑިއާގެ އުނގަށް ދުވަހަކުވެސް ދިވެހި ސަރުކާރަކުން ނުވެއްޓޭ މިންވަރަށް ވެއްޓިފައި ކަމަށެވެ.

މިހާރު އިންޑިއާގެ ސިފައިންނެއް ނުތިބޭނެއޭ ބުނީމަ އެއީ ވަރަށް ބޮޑު ޚިޔާނާތެއް ގައުމަށްވެވުނު. އަޅުގަޑު ދެކޭ ގޮތުގައި ވޭތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ޚިޔާނާތަކީ، ގައުމަށް ވެވުނު ޚިޔާނާތަކީ އެއީ އިނގޭތޯ. މިހާރު އެއީ، ޖުލައި 26 އަށް މޯދީވެސް އެބަ ވަޑައިގަންނަވާ ރާއްޖެއަށް އިނގޭތޯ. އަޅުގަޑަށް ޔަގީންވާ ކަމަކީ، އިންޑިއާގެ ސިޔާސަތު ބައްޓަން ކުރާ ބޭފުޅުންނަށް އެމްޑީޕީ ސަރުކާރަށް ވުރެ މާ ރަގަޅު ވާނެ މުއިއްޒު ސަރުކާރު. ސަބަބަކީ، އެމްޑީޕީ ސަރުކާރުކަމުގައި ވަންޏާ އެ ސަރުކާރު އޮތްއިރުގައި ވަރަށް ބާރުގަދަ އިދިކޮޅެއް އޮތް. އިންޑިއާގެ އަސްކަރިއްޔާ ގައުމުން ފޮނުވާލަން ވަކާލާތު ކުރާ އިދިކޮޅެއް. ދެން މިއަދު އެ އިދިކޮޅު މީހުން އަތަށް ލިބުނީ. އެހެންވީމަ އެމްޑީޕީވެސް ލިބުނީ އިދިކޮޅުވެސް ލިބުނީ. އެހެންވީމަ މިއަދު އަސްލުގައި އިންޑިއާ މާރަގަޅަށް އެންޖޯއީ ކުރަނިއޭ އެމީހުންގެ އަސްކަރިއްޔާ ރާއްޖޭގައި ބޭތިއްބުމާ އެކްސްޕޭންޑްކުރުމާ މިކަންކަން.

- އުމަރު

އުމަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެސް ވެރިކަމަށް އަރާ ކިޔަނީ އެމްޑީޕީ އެކޭ އެއް ލަވައެއް ކަމަށާ ނަމަވެސް ތަފާތީ ރާގު ކަމަށެވެ.

އެގޮތުން ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ވެރިކަން ކުރަން އުނދަގޫ ކަމަށް ސަރުކާރުގެ ވެރިން ދައްކަމުންދާ ބަހަނާ ފާހަގަކޮށް އުމަރު ވިދާޅުވި ވެރިކަމަށް އައީ ވެސް އެ ދަރަނި އޮތްކަން އެނގި ތިބެ ކަމަށާ އެހެންކަމުން ދަރަނީގެ ބަހަނާ ނުދެއްކޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved