

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރަން މިހާރު ވަނީ ފަށައިފި އެވެ.
މީހަކު އޭނާގެ ރަހްމަތްތެރިޔާ ގާތު ބުނެލި އެވެ.
ވެރިކަން ލިބުމުން މަޖިލީސް އިންތިހާބަށް ރަށްރަށަށް ދަތުރުކޮށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބުމުން ރަށު ތެރެއިން ޕީއެންސީގެ ހަަބަރެއް ނުވާތާ ވަރަށް ގިނަ މަސް ވެއްޖެ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް މާލެއިން ބޭފުޅުން އައިސް މި ރަށު ގެސްޓް ހައުސްތަކުގައި ނިދާ ރެސްޓޯރެންޓްތަކުން ފަރިއްކުޅުވާތަން މިފެންނަނީ ކީއްވެ ހެއްޔެވެ.
ޖަވާބުގައި އޭނަގެ ރަހްމަތްތެރިޔާ ބުންޏެވެ. ހަސަނާއެވެ. ވެގެން ތިޔަ އުޅޭ ގޮތަކީ އަންނަ އަހަރު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް ޕީއެންސީގެ ސަރުކާރަށް ބޭނުންވަނީ އެވެ.
އެހެންވެ މިހާރު ރަށްތަކުން ތި ފެންނަނީ މާލެއިން ފުރަ ފުރައިގެން ބޮޑެތި ޓީމްތައް އަތޮޅު ތެރެއަށް ޖަމާވާތަނެވެ. އެމީހުން ދެން މިރަށް ރަށުން ފައިބާނީ ކައުންސިލް އިންތިހާބު ނިމުނީ މައެވެ. ރައީސް މުއިއްޒުގެ ބޭނުންފުޅަކީ ލޯކަލް ކައުންސިލްތައް ސަރުކާރަށް ހޯދުމެވެ.
ރަށްރަށުގެ ތަރައްގީ ގެނެވޭނީ އޭރަށް ކަމަށް ރައީސް މުއިއްޒު ދެކިލައްވަނީ އެވެ. ސަރުކާރަށް 18 މަސް ފުރިގެން ދިޔައިރި ގައުމު ތަރައްގީ ނުކުރެވި އުމްރާނީ މަސައްކަތެއް ރަށެއްގައި ނުފެށިގެން އުޅެނީ ސަރުކާރުގެ ހަސްނެތިގެން ނޫން ކަމަށް ސަރުކާރުން ދެކެނީ އެވެ. އެމީހުން ބޭނުންވާ ކަންކަން ވާން އޮތީ ކައުންސިލްގައި ވެސް މުއިއްޒު މީހުން ތިބުމުން ކަމަށް އމެިޙުން ދެކޭތީ އެވެ.
މުއިއްޒު އަބަދުވެސް ވިދާޅުވާ ފަދައިންނެވެ. މަގާމުތަކަށް އައްޔަނުކުރާނީ އެމަނިކުފާނުއަށް ތާއީދު ކުރާ ކަމެއްގައި އެމަނިކުފާނު ވިދާޅުވާ ގޮތައް ކަންކުރާ މީހުން ނެވެ. މިހާރު އެއުޅެނީ ކައުންސިލް އިދާރާތަކަށް އެފަދަ މީހުން ހޯދާށެވެ.
ކޮންމެއަކަސް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ބޭނުމުގައި ޕީއެންސީގެ ނައިބުންނާ، މިނިސްޓަރުންނާ ޑެޕިއުޓީ މިނިސްޓަރުންގެ މި ވަގުތުގެ މަސައްކަތަކީ އަތޮޅު ބުރު ޖެހުމެވެ. ދައުލަތުގެ ވަސީލަތް ބޭނުން ކޮށްގެން އެކި ރަށްރަށުގައި ޕީއެންސީގެ ހަރަކާތްތައް ފުޅާކުރުމަށް ޕާޓީގެ މެމްބަރުންނާ މަޝްވަރާކުރެއްވުމެވެ. ކައުންސިލް އިންތިހާބު ލިބެން އޮތް ގޮތެއް ހޯދުމުގެ ސުވާލު ރައްޔިތުންނާއި ކުރުމެވެ.
އެ ސުވާލަށް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ރަށްތަކުން ދެނީ ވަރަށް ކުރު އެއް ޒާތެއްގެ ޖަވާބުތަކެވެ. ކުރިން ވީ ވައުދު ކޮބާ ހެއްޔެވެ. ކުރިން ނިމުނު ދެ އިންތިހާބަށް ޖެހި ކަޑަ އަދި ވެސް ހުރީ ރަށު ބަދަރުގައި އެވެ.
އަނެއްކާ އަނެއް އިންތިހާބަށް ވައުދު ވާން އަންނައިރު ކުރިން ވީ ވައުދާ ތިޔަބޭފުޅުން ވަނީ ހިލާފުވެފައި އެވެ. އެ ވައުދުތައް ވަނީ ނުފުއްދިފައި އެވެ. އެކަމާއި ރައްޔިތުން ތިބީ ރުޅިގަދަ ވެފައި އެވެ.
އެހެންތިއްބާ އަނެއް އިންތިހާބަކަށް މުއިއްޒު ބޭނުންވާ މީހާ ނުވަތަ މީހުން ހޮވަން ރައްޔިތުން ގާތު ބުނާނީ ކިހިނެތް ހެއްޔެވެ. ސިޔާސީ ބޭނުމެއް އަމިއްލަ އެދުންވެރިކަމެއް އޮތަސް ލަދެއްވެސް ހުންނަން ވާނެ ތާ އެވެ.
ތެދެކެވެ. މުއިއްޒު ވިޔަސް ލަދެއް ހުންނަން ވާނެ އެވެ. ރައްޔިތުންނަށް ކުރީ ދެ އިންތިހާބުގައި ވީ ވައުދުތައް އަދި ހުރީ މަތާރަން ފިލާ މަތީ އެވެ. ވައުދުފޮތް ޗާޕު ކުރުންނޫން އިތުރު ކަމެއް ނުކުރެ އެވެ، ވައުދާ ހުވާ ކުރި އެވެ. ނަމަވެސް މުއިއްޒު އެހަނދާން ނެތުނަސް ރައްޔިތުންގެ ހަނދާން ވަރަށް ގަދަ އެވެ.
މިއަދު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ފެށިއިރު ރައްޔިތުންގެ އަތުގައި އޮތް ސުވާލަކީ "ނިމުނު ދެ އިންތިހާބަށް ވީ ވައުދުތައް ކޮބާ؟" ހެއްޔެވެ.
މިއީ ޕީއެންސީގެ މެންބަރުން ވޯޓުގެ ވާހަކަ ދައްކާނަމަ ތިޔަރަށުން ވެސް އެބޭފުޅުންނަށް ކޮށްލަން ވަރަށް ޖާއިޒު ސުވާލެކެވެ. ނިމުނު ދެ އިންތިހާބަށް ވީ ވައުދުތައް ކޮބާ؟" ހެއްޔެވެ.
މި ސުވާލު ޕީއެންސީއަށް ހާއްސަކޮށް މުއިއްޒު އެދިލެއްވުމަށް ތިޔަރަށަށް އަންނަ "ދިމްޔާތު ވަފުދުތަކައް" ރައްޔިތުންގެ ފަރާތުން ކުރެވިއްޖެ ނަމަ ކުރީގެ ރައީސް ނަޝީދު ޖެއްސެވި ހިސާބު ކަމަށްވާ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް ވުން ވަރަށް ގާތެވެ.