
ޕީއެންސީއަކީ އަކީ ސިޔާސީ ފިކުރެއް ނޫންކަމަށާއި އެއީ ދިމްޔާތުގެ ކުނި ސާފުކުރާ ކުންފުޏެއް ކަމުގައި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ މަކަރުވެރިކަމާއި އަދި މިސަރުކާރުގެ ފޭލިޔަރ ދައްކައިދޭ ސުރުހީތަކެއް ހިއްސާކުރައްވާ ޑރ.ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާާޅުވީ، ޕީއެންސީގެ ވަފުދު ތަކޭކިޔައިގެން ގުރޫޕު ހަދައިގެން ރައްރަށަށް ދަތުރުކުރާ ކޮންމެ މީހަކީ ބޮޑުމުސާރަ ވެރިއެއްކަމަށެވެ. ރައްޔިތުންގެ ބައިތުއުމާލު ރައީސް ޑރ މުހައްމަދު މުއިއްޒު ގެ އެއްޗަކަށް ވެފައި ވީއިރު، ރައްޔިތުންގެ ހައްގުގައި ރަށެއްގައި ފެއްްޓުނު އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
ޑރ.ޖަމީލް ވިދާޅުވީ ދިވެހިންނަށް އާސަންދަ ހުސްވެފައި ވާކަމަށެވެ. އަދި އާސަންދަ މެދުވެރިކޮށް ރާއްޖޭގެ އެއްވެސް ހިސާބަކުން ބޭސް ނުލިބޭކަމަށެވެ. ވީއިރު އެބޭފުޅާ ވަނީ މިސަރުކާރުން ދުބާއީ އާއި ތައިލެންޑުން ގެންނަންބުނި އާސަންދަ ކޮބައިކަމާއި މެދު ސުވާލު އުފައްދާފައި ވެއެވެ. އެބޭފުޅާ ވިދާޅުވީ ރިޔާސީ އިންތިހާބުން ފެށިގެން ވެރިކަން ކުރާ ޕާޓީ ގެ ޖަމާއަތުން ހަދަމުން ދަނީ ހުސް ދޮގުކަމަށެވެ.
މިސަރުކާރުގައި ޑޮލަރުގެ ރޭޓު ތިރިކުރާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއިރު، ޑޮލަރުގެ މިހާރުގެ ރޭޓަކީ 20 ރުފިޔާ ކަަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ. ވީއިރު ޑޮލަރުގެ ރޭޓު ދައްވެފައި ވޭތޯ ޑރ.ޖަމީލް ވަނީ ސަރުކާރާއި ސުވާޅު ކުރައްވާފަ އެވެ.
ޑރ ޖަމީކް ވިދާޅުވީ ކްރޮޕްޝަން ހިންގީ ހަމައެކަނި ކުރީގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރުން އެކަނި ނޫން ކަމަށެވެ. ދިމްޔާތުގެ ކޮންމެ މެންބަރަކަށް ރައީސް މުއިއްޒު ބަހަމުންދާ 50 ހާސް ރުފިޔާ އަކީ އެމަނިކުފާނު ކޮންތަނަކުން ހޯއްދަވާ ފައިސާއެއް ކަމާއިމެދު ސުވާލު އުފައްދޭ ކަމަށެވެ.
މިސަރުކާރު ވެރިކަމަށް އައިސްފައިވަނީ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ އެތަކެއް ދޮގުތަކެއް ހަދައިގެންނެވެ، ވީއިރު އެމްޑީޕީގެ ކުރީގެ ރައީސް ސޯލިހުއެކޭ ރައީސް ޑރ މުއިއްޒު އެކޭ އެވެސް ތަފާތެއް ނެތް ކަމަށްވެސް އެބޭފުޅާ ވިދާޅުވި އެވެ.










