April 18, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އާސަންދަ ނުލިބުމާއި އާސަންދައިން ބޭސްނުލިބުމަކީ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 28, 2025, 09:25 PM
މާލެ ސިޓީ

އާސަންދަ ނުލިބުމާއި އާސަންދައިން ބޭސްނުލިބުމަކީ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްއިން ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންއެންމެ ކަންބޮޑުވާ އެއްކަމަކީ އާސަންދަ ނުލިބުމާއި އާސަންދައިން ރައްޔިތުންގެ ބޭސްސިޓީ ތަކަށް ބޭސް ނުލިބުން ކަމަށެވެ.

އެންމެ ކުރީއްސުރެ ރާއްޖެ ބޭސްގެންނަ ކުންފުންޏަކީ އެސްޓިއޯ ކަމުގައިވީއިރު ސަރުކާރުން ބޭސް ގެންނަ ކުންފުންޏެއް އުފައްދަނީ ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުވިދާޅުވީ އެސްޓިއޯގައި އެކަމަށް ކުޅަދާނަ ތަމްރީނު ލިބިފައި ތިބި މީހުން ތިބިކަމަށެވެ. ވީއިރު އެހެން ކުންފުންޏެއް ހުޅުވުމަކީ އަނެއްކާވެސް އެތަކަކަށް އިތުރު ކެޕިޓަލެއް ލާންޖެހޭނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ.

ބޭސްރާއްޖެއަށް ހަމަ އެންމެ ކުރީ ޒަމާނުއްސުރެ މިގެންނަނީ އެސްޓިއޯއިން އެސްޓީއޯގެ ލާރިނެތީކީ އެއްވެސް ނޫން އެސްޓީއޯއާއި ހަވާލުކޮށްފަ އޮންނާނީ މި އެސެންޝިއަލް ލިސްޓުގައ 340އެކަަހލަ ކޮްނމެވެސް ވާހަކައެއް ހެލްތު މިނިސްޓާރު މިބުނަނީ އެކަމަކު، އެމީހުން އޯވާ 1000 ގެނެސްސަ އެބަހުއްޓޭ ދެންމިހާރު މިކަންކަމަށް ޖަވާބު ނުދެވުނޭ އަނެއްކާ ވެސް މިއަންނަނީ ސްޕިންއެ،އް އަނެއްކާ ސަރުކާރުން މުޅިން ބޭސް ގެންނަން ހާއްސަކުންފުންޏެއް އުފައްދަނީ މީރައްޔިތުންނަށް ކޯއްޗެއް އޮޅުވާލަން

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ ކުންފުންޏެއް ހެދުމަކުން ބޭހުގެ މައްސަލަ ހައްލުނުވާނެ ކަމަށެވެ. އާސަންދައިގެ ހުރި މައްސަލަތައް ހައްލު ކުރުމަށް މަހެއްގެ މައްޗަށް ހަތަރު މިލިޔަން އިންވެސްޓު ނުކުރެވިގެން އުޅޭއިރު އެވިދާޅުވާ ކުންފުނިވެސް އޮންނާނީ ކަރުދާހުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބޭސް ފޯރުކޮއްދިނުމަކީ ސަރުކާރުން ލިއްލާހިއަށްޓަކައި ކުރާ ކަމެއްނޫން ކަމަށާއި އެއީ ވެސް ފައިދާތަކެއްލައިގެން ކުރާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ އިސްކޮއްތިއްބެވި ފަރާތްތަކުން ކުރީގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ވެރިކަމުގައި ނޭވާހޮޅިންވެސް ވައްކަން ކުރީއޭ ބުނާއިރު ބޭހުގެ ކަންތަކުގައިވެސް މިސަރުހާރުން މިކުރަނީ ވައްކަން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved