March 22, 2026
Advertisement
އިންޑިއާގެ ބޯޓެއް
އިންޑިއާގެ ބޯޓެއް / ގޫގުލް

އެއާ އިންޑިޔާ މަތިންދާބޯޓެއްގައި އެއްޗެއް އަނދާ ވަސް، އަނބުރާ މުމްބާއީއަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 29, 2025, 05:26 PM
މާލެ ސިޓީ

އިންޑިއާގެ މުމްބާއީއިން ޗެންނާއީއަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓަކުން އެއްޗެއް އަނދާކަހަލަ ދުން ވަހެއް ދުވައިގެން އަނބުރާ މުމްބާއީއަށް ޖައްސައިފި އެވެ.

Advertisement

އެ ބޯޓުން ދަތުރުކުރި ފަސިންޖަރެއް ހިއްސާކުރި ގޮތުގައި މުމްބާއީއިން އެ ފްލައިޓު ނައްޓާލާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިންޑިޔާ ގަޑިން ރޭގަނޑު 11.50 ގައެވެ.

ގާތްގަނޑަކަށް 45 މިނެޓެއްހާއިރު އުދުހުނު ފަހުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ މުމްބާއީއަށް ދިޔުމަށް ނިންމާފައިވާ ކަމަށް ޕައިލެޓު އިއުލާނު ކުރި އެވެ. ބޯޓު މުމްބާއީއަށް އަނބުރާ ޖައްސާފައި ވަނީ 12:47 ގައެވެ.

ފާއިތުވި ހަފްތާތަކުގައި އެއާ އިންޑިޔާގެ މަތިންދާބޯޓުތަކުގައި ތަފާތު ހާދިސާތައް ހިނގާފައިވެ އެވެ. މި ފަހުން ކުރިމަތިވި، އެންމެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. އެއާ އިންޑިއާ ފްލައިޓް 171 އިންޑިއާގެ އަހުމަދު އާބަދުން ފުރައިގެން ލަންޑަނަށް ދިއުމަށް ދަތުރު ފެށިތާ އެންމެ ދިހަރަކަށް މިނެޓު ތެރޭ، އެއާޕޯޓާ ކައިރިއަށް ބޯޓު ވެއްޓުނީ އެވެ.

އޭ ހަދިސާގައި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފަ އެވެ.

މިފަދަ ކިތަންމެ ހާދިސާއެއް މިފަހުން ވަނީ އެއާ އިންޑިއާ ބޯޓުތަކަށް ދިމާވެފަ އެވެ. އެހެން ކަމުން އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ" ބޯޓު ތަކުން ދަތުރުކުރުމުގައި ރައްކާތެރިކަމާއި މެދު އިތުރަށް ވިސްނަން ޖެހިއްޖެ ކަމަށް އޭވިއޭޝަން ތަޖުރިބާކާރުން ބުނާ އަޑުތައް ވަނީ ގަދަވާންފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved