March 18, 2026
Advertisement
އިމިގްރޭޝަން ގުދަނުން ނަގާފައިވާ ތަކެތި
އިމިގްރޭޝަން ގުދަނުން ނަގާފައިވާ ތަކެތި / ޕޮލިސް

އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި މީހާ ފުލުހުން ހައްޔަރުކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 29, 2025, 11:16 PM
މާލެ ސިޓީ

އޯކިޑް ބިލްޑިންގް ގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement

މި މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. އެހެންކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 26 ވީ ބުރާސްފަތި ދުވަހުއެވެ.

އެ ގުދަނުން އޭނާ ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެއެވެ. އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް މިހާރުވަނީ ގެނެސްފައެވެ.

މި މައްސަލައާއި ގުޅިގެން ގެއްލުނު ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، ވަގަށޤނަގާފައި ވާކަމަށް ޝައްކުކުރެވޭ ސާމާނުތަކެއް ވިއްކުމަށް މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދައްގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އިމިގްރޭޝަންގެ ގުދަނުންވަގަން ނަގާފައިވާ ތަކެތިކަމަށޤ އެގިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުން ދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved