April 24, 2026
Advertisement
އުތުރުތިލަފަޅު ޔޫނިއަން
އުތުރުތިލަފަޅު ޔޫނިއަން / އަދަދު

އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓު ދޭން ޔޫނިއަން އިން ގޮވާލައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 12:27 AM
މާލެ ސިޓީ

ނިމުނު ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ހައްޤުވެރިންނަށް ދެވަނަ ފިޔަވަހީގެ ދަށުން އުތުރު ތިލަފަޅު ހިއްކައި، އަދި އެ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އެ ތަނުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް، އެ ސްކީމުގެ ބައިވެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ އުތުރު ތިލަފަޅު ޔޫނިއަނުން ގޮވާލައިފި އެވެ.

Advertisement

އުތުރުތިލަފަޅު ޔޫނިއަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ގޯތިދިނުމުގެ މަސައްކަތް ސަރުކާރުން ނުކުރާކަމާއި، ފޯމުތައް އިވެލުއޭޓްނުކުރާ ކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ސަރުކާރުން އުތުރު ތިލަފަޅުގައި އެކިއެކި މަޝްރޫއުތައް ހިންގަން އުޅޭކަމާއި ގުޅިގެން ޔޫނިއަން އިން ނުރުހުން ފާޅުކޮށްފައި ވެއެވެ.

ޔޫނިއަންގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު އަލީ ހުސައިން ވިދާޅުވީ، އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާގޮތަށް ކުރީގެ ސަރުކާރުން އެކުލަވައި ގެޒެޓުކޮށްފައިވާ ގޮތުގެ މަތިން އެ ފޯމުތައް ވީހާވެސް އަވަހަކަށް އިވެލުވޭޓް ކުރުމަށެވެ.

މީގެއިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިހެން ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތިތަކާއި ފުލެޓުތައް ކަމަށާއި ވީއިރު އެ ފުލެޓުތަކާއި ގޯތިތައް ރައްޔިތުންނަށް ދީ ނިންމުމަށް ގޮވާލައިފައިވެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ގެޒެޓު ކުރީ ސެޕްޓެމްބަރު 23، 2023، ގަ އެވެ.

އޭރުގެ އެމްޑީޕީ ސަރުކާރުން އެ ސްކީމް ހުޅުވާލީ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ ރައްޔިތުންނަށް ކުރިމަތިލެވޭ ގޮތަށެވެ.

އެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދުމަށް 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެއީ ބިން ހޯދަން ހުށަހެޅި 19،347 ފޯމާއި ފްލެޓު ހޯދުމަށް އެދި ހުށަހެޅި 21،247 ފޯމެވެ.

ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމުން ގާނޫނީ މައްސަލަތަކެއް ދިމާވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހައްލު ކުރެވޭނެ ކަންކަން ކަމަށް އެ ޔޫނިއަނުން ދެކެ އެވެ.

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ސަރަހައްދެއް ގާއިމު ކުރުމަށާއި މީގެއިތުރުން މަރުކަޒީ ޖަލެެއް ގާއިމް ކުރުމާއި، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ޒުވާނުން ރިހެބިލިޓޭޓުކުރުމަށް ސަރުކާރުން ތަރައްގީ ކުރަން ރާވާފައިވާ "ހޯޕް އައިލެންޑް" އެ ތަނުގައި އެޅުމަށް ނިންމައިފައި ވާކަން ފާހަގަކޮށްލެ ވެއެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވެފައިވަނީ އެ ސަރަހައްދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށެވެ. ވީއިރު ގޯއްޗާއި ފްލެޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުތުރު ތިލަފަޅުގައި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވައްސާ ގުޅޭ މާ ގިނަ މައުލޫމާތެއް މި ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved