

ގައުމު މިހާލަތުގައި އޮތް އިރު ސަރުކާރުގެ ހަމައެކަނި އަމާޒަކީ ށަވިޔަނިން ފެށޭ ފަސްބަސް ހެދުންކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އިންބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ޤައުމާ މުހާތަބުކޮށް ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ހުރި ދަތިކަންތައްތައް އެނގިލައްވާ ކަމަށާއި، ފައިސާގެ ދަތިކަންވެސް ހުރި މިންވަރު އެނގިލައްވާ ކަމަށެވެ. ވީއިރު މިހުރިކާކަމަކަށް ގްރީން ސިގްނަލް ލިބިފައިވާ ކަމުގައި ބުނެފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު، ޓީވީގައި ޕަބްލިކަށް އެޝުއަރެންސް ދިނީ އިނގޭތޯ މިހިރީ ގްރީން ސިގްނަލް ލިބިފައޭ، ހުރި މައްސަލަތައް އެނގެއޭ ފައިސާގެ ދަތިކަންވެސް އެކަމަކު ހަމަތެދަށޭ މިބުނީ، ހަމަ ތެދަށް ބުނާ ވާހަކައެކޭ މިހުރިހާ ކަންތައް ހައްލު ތިމަންނަ އަށް ކުރެވޭނޭ މިހިރީ ތިމަންނައަށް ފައިސާ ލިބެން އެކި ގައުކުތަކުން ކޮމިޓް ކޮށްފިއޭ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވަނީ މިފަދަ ބޮޑެތި ދޮގުތައް ހަދާ ރައްޔިތުންނަށް އޮޅުވާލައިފާ ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އޮޅުވާލުންތަކަކީ ރައީސް މުއިއްޒު ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދައްކާފައި ހުރިވާހަކަތަކެއް ކަމަށެވެ.
ޤައުމުގެ ބައިތުއުމާލު ހުސްވެފައިވާއިރު އެކި ގައުމުތަކުން އިންވެސްޓު ކުރާނެކަމުގެ ފެހި ސިގްނަލް ދީފައި ވާކަމަށް ބުނެ އެމަނުކިފާނު މިގައުމުގައި ފައްޓަވާފައިވާ އެއްވެސް ޕްރޮޖެކްޓްއެއް ނެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާލަތުގައިވެސް ރައީސް މުއިއްޒުއަށް މުހިންމު ވެލެއްވީ ށަވިޔަނިން ފެށޭ ފަސްބަސް ހަދަން ވަޒީރުންގެ މަޖިލީހުގައި ގޮނޑިއެއް ބޭންދުން ކަމުގައެވެ.