theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހިތަދޫ ދެކުނު ދާއިރާ މެމްބަރު ނާޒިލް / -
ހަބަރު
ޑެބިޓް ކާޑުން 500 އަށް ލިމިޓު ބޮޑު ކުރުމަކީ ސްކޭމެއް: ނާޒިލް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖޫން 2025
މާލެ ސިޓީ

ޑެބިޓު ކާޑުތައް ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމުމާއެކު ކާޑުތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރުމަކީ ބޮޑު ސްކޭމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބޭންކުން ބުނެއެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން ބުނެއެވެ.

މި ބަދަލާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ ޑެބިޓް ކާޑު ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމުން ހަގީގަތުގައި ޑެބިޓު ކާޑުތައް ބޭނުންކޮށްގެން 500 ޑޮލަރުގެ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.

އޭގެ މާނައަކީ 250 ޑޮލަރުގެ ވިޔަފާރި ކޮށްފިއްޔާމުން 75 ޑޮލަރު، 30 ޕަސެންޓް ޓެކްސްގެ ގޮތުގައި ނުވަތަ އިތުރަށް އެ ބޭފުޅުން ނަގާ ފީގެ ގޮތުގައި ނަގާނެ ވާހަކަ އެއީ، 500 ޑޮލަރާ ހަމައަށް ވިޔަފާރި ކުރެވެންޏާ 158 ޑޮލަރުވަރު 150 ޑޮލަރުވަރު އެބަ ޗާޖު ކުރޭ، އެހެންވީމާ 500 ޑޮލަރެއް ނުލިބޭ، ހަމަ ބޮޑު ސްކޭމެއް އެއީ އިއްޒަތްތެރި ރައީސް،

- ނާޒިލް

އޮންލައިންކޮށް ކުރާ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެފަދަ ދިވެހިން ވިޔަފާރިކުރާ އެފަދަ އާންމު ޕްލެޓްފޯމްތަކުން ވިޔަފާރިކުރާ އިރު، 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް ބޮޑުކުރިއިރު، އާންމު ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭނީ މަހަކު 750 ޑޮލަރެވެ.

ބޭންކުން ބުނީ، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved