theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަރުކާރު ފެއިލްވެ، ބީއެމްއެލް ކަންބަޅިއަކަށް ހެދީތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ސަރުކާރު ފެއިލްވެ، ބީއެމްއެލް ކަންބަޅިއަކަށް ހެދީތަ؟
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖުލައި 2025
މާލެ ސިޓީ

އިއްޔެ މުޅި ސޯޝަލް މީޑިޔާ ފުރާލީ ބީއެމްއެލްއިން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ ޝޫއޫރުތައް ހުރި ނެތް ގޮތުގައެވެ. އެއް ބަޔަކު އެ ބަދަލުތަކާ މެދު ރުހި ތައުރީފު ކުރިއިރު އަނެއް ބަޔަކު އެކަމާ ނުރުހު ފާޑުކިޔުމާ ރުޅިވެރިކަން އަމާޒުކުރިއެވެ.

އެހާ ހިސާބުން ވެގެން އުޅޭ ގޮތް ބަލާލަން ޖެހެއޭ ހިތަށް އެރިއެވެ. އެގޮތުން ބަލާއިރު ބީއެމްއެލްއަކީ ގައުމުގައި އޮތް ހަމައެކަނި ސަރުކާރާ ގުޅުން އޮތް ބޭންކަށްވެފައި އެ ބޭންކަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ވަކި ޝަޚްސަކަށްވެ އެ ބޭންކުން ވެސް ވިޔަފާރީގައި އުކުޅުތައް ބޭނުންކުރާނެކަން ޔަގީނެވެ. އިއްޔެ ފެނިގެން ދިޔައީ އޭގެން ކަމެކޭ އިގްތިސޯދީ މާހިރުން ބުނެއެވެ.

ބީއެމްއެލްއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރި ސަބަބުތަކުގެ ތެރޭގައި ބޭރުގެ ވިޔަފާރި ސައިޓޫތަކުން ކުރާ ކޮންމެ ވިޔާފާރިއަކުން %30 ނެގުމެވެ. އެގޮތުން ގިނަ ފަހަރު އެކި ބޭނުންތަކަށް މިފަހުން ބޭރު ދަތުރުކުރާ ފަރާތްތަކުން ޑޮލަރު ލިބުމުގައި ދަތިވެ އަގު އިންތިހާއަށް ބޮޑުވުން ބީއެމްއެލްގެ ރުފިޔާ ޑެބިޓު ކާޑުން ގައުމުތަކުގައި ވިޔަފާރިކޮށް އޭޓީއެމްތަކުން ފައިސާ ނަގައެވެ. އެއީ ޑޮލަރު ނުލިބޭތީއެވެ. އެކަމަށްވެސް މި ސަރުކާރުން ވަނީ ރައްޔިތުންނަށް ތަކުލީފަކާ ޖައްސާފައެވެ.

ނަމަވެސް މިކަމުގައި ބީއެމްއެލްގެ މި ނިންމުމުގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަށް ބަލާއިރު މިއީ ޑޮލަރުގެ މައްސަލަ ސަރުކާރަށް ހައްލުނުވެ އެކަން ބީއެމްއެލް މެދުވެރިކޮށް ކުރަން އުޅޭ އުޅުމެއް ކަމަށް ދޭހަވެއެވެ. އިގްތިސޯދީ މާހިރަކާ މިކަމާ ޚިޔާލު ބަދަލުކޮށްލުމުން އެ ބޭފުޅާ ވިދާޅުވި ގޮތުގައި މީގެ ފަހަތުގައި އޮތީ ބީއެމްއެލް ކަންބަޅި ބަކަރިއަކަށް ހަދާ ގުރުބާން ކުރުމެވެ. ސަރުކާރުގެ ފެއިލިޔަރ ނުދައްކާ ބޭންކު މެދުވެރިކޮށް މި ފަހަރު ސަރުކާރުން ބަޣާވާތް ކުރީއެވެ. ސަރުކާރުން މިކަމާ ބަހެއް ނުބުނެ ތިބީވެސް އެހެންވެއެވެ.

އެގޮތުން ޑޮލަރުގެ ދަތިކަން ފިލުވާނުލެވި ސަރުކާރަށް ދެ އަހަރު ފާއިތުވުމުން އަމާޒުވާ ފާޑުކިޔުންތަކުން ރެކެން، އޮންލައިންޕްލެޓު ފޯމުތަކަށް އޯޑަރުކޮށްގެން ރައްޔިތުން ގައުމުން ބޭރުކުރާ ޑޯލަރު ހިފަހައްޓުވަނީއެވެ. ހަމައެކަނި ޓެމޫއަށް މަހަކު 7 މިލިއަން ޑޮލަރު ރައްޔިތުން ހޭދަކުރާއިރު، އަމިއްލަ ކުދި ވިޔަފާރިތައް ޓެކްސް ނުދައްކާ ކަމަށް ބުނެ ފޯ ނަގަން ބޭންކު މެދުވެރިކޮށް ސަރުކާރު ވަތުގައި އޮވެގެން މިހަޖަނީ ޗައްކަރެކެވެ.

ސަރުކާރަށް އިކޮނޮމީ މޭނޭޖުނުކުރެވި ޑޮލަރުގެ އަގު ނުހިފިހެއްޓި ސަރުކާރުގެ އަގު ވެއްޓިދާނެތީ ހަގީގަތް ހާމަނުކޮށް ބީއެމްއެލް ގުރުބާން ކަންބަޅިއަކަށް ހެދީއެވެ. މަކަރުވެރިވިޔަސް އެ ބޭފުޅާ ވިދާޅުވާ ގޮތުގައި މިއީ ބޮޑުވަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved