March 10, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޓުއަރިޒަމް ދާއިރާއަކަށް އިތުރު އެކްސްޕެރިމެންޓެއް ކުރާކަށް ނުޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 2, 2025, 12:15 AM
މާލެ ސިޓީ

ޓުއަރިޒަމް ދާއިރާއަށް މިވީ 50 އަހަރުގައި މިދާއިރާގެ ކަންތައްތައް ހިނގަމުން ދިޔައީ ރަނގަޅަށް ކަމަށާއި ވީއިރު މި ދާއިރާއަކަށް އިތުރު އެކްސްޕެރިމެންޓެއް ކުރާކަށް ނުޖެހޭ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް ގައުމާއި އަނެއް ޤައުމާއި ދޭތެރޭ ވިޔަފާރީގެ ވާދަވެރިކަން ކުރިއަށް ދާއިރު މިވާދަވެރިކަމުގެ ކަނޑަށް ޣަރަގުވެގެން ނުދޭތޯ ދިވެހި ރާއްޖެއިން ވެސް ވިސްނަންޖެހޭނެ ކަމުގައެވެ.

50 އަހަރުގެ ޓުއަރިޒަމް ދިވެހިރާއްޖޭގައި މިއޮތީ އިނގޭތޯ، އެންޑް ވީހޭވް ޑަން ގުޑް ޓްރެކް ރިކޯޑް އިނގޭތޯ، ދުނިޔޭގަވެސް މި މަޝްއޫރު އިނގޭތީ އެހެން އޮއްވާ ކީއްކުރަން ހޭ މި އަނެއްކާ ޤަދީމީ ޒަމާނަށް ދާން މިއުޅެނީ ކޮން ކަމެއް ކުރަން ހޭ މިއުޅެނީ އިނގޭތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޖުއްބާ ލައިގެން ތަންތަނުން އަންނަ މީހުންވެސް އެމީހުންގެ ރަށްރަށުން ނުކުތީމާ އުޅެނީ ހަމަ މިނިވަންކޮށް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ ހަލާލު ޓުއަރިޒަމޭ ކިޔުއްވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާއިރު، މީއީ އިންޑިޔާ ކަނޑުގައި ތަރައްގީއާއި ދެކޮޅަށް ޖަހާފައި ހުރި އަބެއް ނޫން ކަމަށާއި ދިވެހިންވެސް ކުރިޔަށް ދާންޖެހޭނީ ހަމަ ދުނިޔެ ހިނގާ ގޮތަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved