March 11, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ޕީއެންސީއަށް ކައުންސިލް ގޮނޑިއެއް ހޯދަން އެޕާޓީގެ އިސްވެރިން ތިބީ ނާގާބިލުވެފައި: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 2, 2025, 08:31 PM
މާލެ ސިޓީ

ޕީއެންސީއަށް ކައުންސިލް ގޮނޑިއެއް ހޯދަން އެޕާޓީގެ އިސްވެރިން ތިބީ ނާގާބިލުވެފައި ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ފީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަލުން ނަގައި ކޮޅަށް ޖަހައިގެން، މިއީ ޝަރަފެއް ކަމުގައި ދެކިގެން ކައުންސިލް ގޮނޑިއެއް ޕާޓީއަށް ހޯދައިދޭން ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުން ތިބީ ނާގާބިލުވެފައި ކަމުގައެވެ.

އެ ޕާޓީއިން ވެރިކަމަށް އައުމަށާއި އަދި މަޖިލީސް ގޮޑި ތަކެއް ހޯދުމަށް ހަދައިފައިވާ ދޮގުތަކާއި ނުފުއްދުނު ވައުދުތައް ގިނަކަމުން ކަމުގައި އެމަނިކުފާނު ވިދާޅު ވިއެވެ.

މިގޮތަށް އިސްކޮށް އުޅުނު މީހުން ގޮއްސަ ރައްޔިތުންނަށް ވިއްކޭނެ އެއްޗެއް އެބައޮތް ތޯ އެއީ އެމީހުން ގޮއްސަ ރިޔާސީ އިންތިހާބުގަ ވާހަކަ ތަކެއް ވިއްކާފަ އައީ އެއިން އެއްވެސް ކަމެއް މިއުޅެނީ ނުފުދިގެން ދެންކެރޭނެ ތޯ މިމީހުންނަށް ރައްޔިތުންނާއި ހަމައަށް ދާން އެއިން އެއްވެސް ކަމެއް ނުކޮށް، ދެން އެހެން ވީމަ ކޮންބައެއްތޯ ދާންތިބީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ ނަމުގައި ތެދުވަން ތިބީ މިސަރުކާރުގެ ފުރިހަމަ ސަފީރުން ކަމަށާއި ވީއިރު ފަސް އަހަރުގެ ކުރީގެ ރިކޯޑަށް ބަލާނަމަ އެ ބޭފުޅުންނަކީ މުޅިން އެހެން ޕާޓީތަކެއްގެ ބައެއް ކަމުގައެވެ. އެހެން ކަމުން އެ ސަފީރުންވެސް އެތިބީ ނާގާބިލް ވެފައި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން، ރައްޔިތުން މަޖިލީސް މެންބަރަކަށް އެބައެއްގެ ދާއިރާއަށް ގޮސް ވާހަކަދައްކާނެ ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީސް މެންބަރުންނާއި ވަޒީރުންގެ މަޖިލީސް މެންބަރުންނަށް މިއަދު ރައްޔިތުންނާއި ކުރިމަތިލާ ވާހަކަދައްކަވަން ނުކެރެނީ އެމަގާމަށް އަންނަން އެބޭފުޅުން ރައްޔިތުންނަށް ކޮށްދޭން ބުނި އެތައް ކަމެއް ކޮށްނުދީ ސަލާމަތް ނުވެވޭހާ މިންވަރަށް ދޮގު ހަދާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved