theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު ސަރުކާރުގެ ޗޯރު ކަމުން ޕީއެންސީން 303 މެންބަރުން މަދުވެއްޖެ / ޕީޕީއެމް
ސިޔާސީ
މުއިއްޒު ސަރުކާރުގެ ޗޯރު ކަމުން ޕީއެންސީން 303 މެންބަރުން ވަކިވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖުލައި 2025
މާލެ ސިޓީ

ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމު ހޯދައިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ފާއިތުވި ހަ މަސް ތެރޭ 303 މެންބަރުން މަދުވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ ގޮތުގައި 68،968 މީހުން ތިއްބެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖޫން މަހުގެ 30ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ ޖުމްލަ 68،665 މެންބަރުންނެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި 303 މީހުން ވަނީ އެ ޕާޓީން ވަކިވެފަ އެވެ.

ވެރިކަމުގައި އޮވެ ސިޔާސީ ޕާޓީއަކުން މެންބަރުން މަދުވުން މީ އަދި ރާއްޖޭގައި އަލަށް ހިނގިކަމެކެވެ. މި ހެން ވުމަށް މެދުވެރިވި ސަބަަބެއް ކަމަށް ފެންނަނީ މުއިއްޒު ސަރުކާރުގެ ދޯދިޔާ ސިޔާސަތު ތަކާއި ރައްޔިތުންނަށް ވީ ވައުދު ނުފުއްދުމާއި ސަރުކާރުގެ "ޗޯރު" ކަން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުން ނެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ. އެ ޕާޓީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މިދިޔަ އަހަރު ތެރޭގައި ވަރަށް ބޮޑުވެ، ޕީއެންސީއަށް ވެސް ގިނަ ތުހުމަތުތަކެއް އަމާޒުވެ އެ ޕާޓީއަށް އާންމުންގެ ތާއީދު މިހާރު ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved