March 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ގައުމުގެ ހާލަތާއިހެދި ރައްޔިތުން ތިބީ ޑެސްޕްރޭޓް ވެފައި: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 3, 2025, 09:54 PM
މާލެ ސިޓީ

ގައުމުގެ ހާލަތު އޮއްގޮތުންނާއި ދިރިއުޅުމުގެ ފެންވަރު ދަތި ކަމުން ރައްޔިތުން މިއަދު ތިބީ ކަންބޮޑުވެ މާޔޫސް ވެފައި ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މުދަލުގެ އަގު ބޮޑުވެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ބަންދު ކުރަމުންދާ ކަމަށެވެ. މިހާވެސް ރާއްޖޭގެ އިގްތިސާދު ދަށައް ގޮސްފައި ވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ހާލަތު މިހާ ނާޒުކު ވެފައި ޥާއިރު ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާ ކަމަށާއި، އިންވެސްޓަރުން ނަށްވެސް އަދި ވިޔަފާރިވެރިން ނަށްވެސް މިސަރުކާރުން ދޭނެ ފައިސާއެއް ނެތް ކަމަށެވެ. އެހެން ކަމުން މަސައްކަތް ކޮށްގެނެއް ވަކި ލާރި ލިބޭނެ ގޮތެއް ނެތްކަމަށެވެ.

މަސައްކަތް ކޮށްގެނެއް ފައިސާ ލިބޭނެ ގޮތެއް ނެތް، މަސައްކަތް ނެތީ، ދެންއަނެއްކާ ސަރުކާރުން މިބުނަނީބޮޑެތި މަސައްކަތް ތައްވެސް ކަލޭމެން އަމިއްލައަށް ފައިސާ ހޯދައިގެން ޓެންޑަރަށް އެޕްލައި ކުރާށޭ މިސަރުކާރަކުން ފައިސާ ލިބިދާނެ ކަމަކަށް އެއްވެސް ވިޔަފާރިވެރިޔަކު ނޫނީ މަސައްކަތްތެރިޔަކު ކޮންޓްރެކްޓަރަކު މަސައްކަތެއް ނަގައިގެން ނުކުރާނެ މިސަރުކާރުން ނުލިބޭނެއެއްޗަކީ ފައިސާ!

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ދުވަހެއް ދުވަހަކަށް ޑޮލަރު އަގު އަތް ނުފޯރާ ހިސާބަށް ދާއިރު ދިވެހި ރުފިޔާ ބޭނުން ކުރުމުގައިވެސް ހައްދެއް ނެތް ކަމަށެވެ. ނަމަވެސް އިޤްތިސާދީ މިފަދަ މައްސަލަ ތަކަށް ވުރެ ރައީސް މުއިއްޒު އަށް އެންމެ ގަޔާވާ ކަމަކީ ދުންފަތު އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ އެތަކެއް ޒިންމާއެއް އެތަނުގައި އެޅިފައިވާ ތަނަކަށް ވީއިރު އެތަނުގައި މިހާރު ކުރާނެ ކަމެއްނެއްތާ ގައި މަށްވަރާކޮއްލާނެ މައުލޫއެއް ވެސް ނެތެވެ. އަދި އެހެންމެ ޤާނޫނުތައް ދިރާސާކޮށް އެކަންތައްތައް ބަލާނެ ހިއްވަރެއްވެސް ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް އައީ 60 ފުލެޓު އަޅައި ދޭނެ ކަމަށް ވައުދު ވެލައްވައިގެން ކަމަށެވެ. ނަމަވެސް ފުލެޓު އެޅުމަށް ޓަކައި އެންމެ ގާބުރިއެއްވެސް ބާއްވާނުލެވޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved