theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ވަނީ މި ސަރުކާރުން ހަނިމާދޫ އެއާޕޯޓު ވިއްކާލަން އުޅޭކަމަށް ވިދާޅުވެފައި / ތޭރަގްރެފިކްސް
ސިޔާސީ
އިންޑިއާގެ އަދާނީ ގްރޫޕަށް ހަނިމާދޫ އެއާޕޯޓު ވިއްކާލަން މުއިއްޒު ވަނީ ނިންމާފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
04 ޖުލައި 2025
މާލެ ސިޓީ

އިންޑިއާގެ އަދާނީ ގްރޫޕަށް ހަނިމާދޫ އެއާޕޯޓު ވިއްކާލަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމާފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ނިމުމަކާ ގާތްވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ނިންމޭ ނިންމުމެއް ކަމަށާއި، މިއީ ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ.

އެގޮތުން ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އަދާނީ ގުރޫޕްގެ ޗެއާމަން ގޯތަމް އަދާނީ އާ ބައްދަލުކުރެއްވި ކަމަށާއި، ހަނިމާދޫ އެއާޕޯޓް ވިއްކާލަން މަސައްކަތް ކުރަނީ އަދާނީ ގްރޫޕަށް ކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުގައި ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގުރޫޕްގެ ޗެއާމަންއާ ބައްދަލުކުރި. ޚަބަރު ލިބޭ ގޮތުގައި ވެއްޖެއިއްޔާ ހަނިމާދޫގެ އެއާޕޯޓު ވިއްކާލަން މި މަސައްކަތްކުރަނީ އަދާނީ ގުރޫޕަށް އިނގޭތޯ.

- ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލުގެ 83 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާއު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓުވެސް ނިމިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގައި އިސްކޮށް ތިއްބެވީ މިދިޔަ ސަރުކާރުގައި ހަނިމާދޫ އެއާޕޯޓު ރައީސް އިބްރާޙިމު މުހައްމަދު ސޯލިހު ތަރައްގީ ކުރަން ފެށީ ދިވެހިން ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާފައިކަމަށް ވިދާޅުވި ބޭފުޅުންނެވެ.

އެގޮތުން މިހާރުގެ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓުގެ ރަންވޭ ބޮޑު އެއާޕޯޓު ރިނޮވޭޓު ކުރަން ކުރި ސަރުކާރުން ފެށިއިރު ދިވެހި ސިފައިންނަށްވުރެ އެތަނުގައި ގިނައީ ވެސް އިންޑިއާ ސިފައިންނެވެ. އެގޮތުން ދިވެހި ސިފައިންގެ 45 ސިފައިން އެތަނުގައި ތިބިއިރު އޭގެ ތިން ގުނަ އިންޑިއާ ސިފައިން ހަނިމާދޫގައި ތިބިކަމަށް ސައީދު އޭރު ތުހުމަތުކުރިއެވެ.

ހަނިމާދުއަށް ބޭނުން ނުވާވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 ބިލިއަން ޑޮލަރުގެ ދަރަންޏެއް އިންޑިއާއިން ދިވެހިން ބޮލުގައި އަޅުވާފައިވާ ކަމަށް އޭރު ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އޭރު ދުއްޕާނަކަށް ވެގެން އުޅުނު އިންޑިއާ އެ ބޭފުޅުންނަށް ކަމު ގޮސް ހަތުރުން މިތުރުންނަށް ވީ މަންޒަރެެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ޔޫ ކާންޓު ބުލީ އަސްއޭ ކިޔަމުން އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖެހި މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved