theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ދިވެހިން މިއަދު ގޮތް ހުސްވެފަ ތިބެން މިޖެހެނީ އިންޑިއާއަށް މިހާބޮޑު ދަރަންޏެއް އޮވެގެން: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
05 ޖުލައި 2025
މާލެ ސިޓީ

ދިވެހިން މިއަދު ގޮތް ހުސްވެފަ ތިބެން މިޖެހެނީ އިންޑިޔާއަށް މިހާބޮޑު ދަރަންޏެއް އޮވެގެން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންޑީޔާއަށް ދިވެހިރާއްޖެއިން މިހާ ބޮޑަށް ދަރަނި ވެރި ވާންޖެހުނީ ކުރީގެ ސަރުކާރުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ދަރަނީ ރީސްޓްރަކްޗާ ކޮށް ރީފައިނެންސް ކުރައްވަން ނޫޅުއްވީމައި ކަމަށެވެ. އެމަނިކުފާނު ކުރެއްވިހާވެސް ކަމަކީ އެދަރަނި އިތުރު ކުރުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުލައި ސައްބީހުގައި މޯދީ ރާއްޖެ ކުރާ ޒިޔާރަތުން ފެނިގެންދަނީ ރާއްޖެ އިތުރު ދަރަނީގެ ދަންތުރައިގެ ޖެހެން އުލޭކަމުގެ ކުލަވަރު ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ 500 މިލިޔަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް މޯދީ ހަމަޖައްސައި ދޭ ކަމުގެ މައުލޫމާތު ލިވިފައި ވާކަމަށާއި އަދި މި ކްރެޑިޓް އިން ރާއްޖޭގައި މަޝްރުއު ތަކެއް ހިނގާނެ ކަމަށް ރައްޔިތުން ނަށް ވިސްނަ ދޭން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރ މޯދީ އެބަ ޒިޔާރަތް ކުރައްވާ ޖުލައި ސައްބީހުގެ ތެރޭގަ ދެއްތޯ؟ އަނެއްކާވެސް އިތުރަށް ދަރަނި ދަންތުރައިގަޔާއި އިތުރު ފިޔަވަޅަކަށް އިތުރު ގިޔަރަކަށް ދާން 500 ވަރަކަށް މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޓައިޓް ކްރެޑިޓް ލައިނެއް އެބަ ހަމަޖައްސައި ދޭ ކަމަށް ވޭ! ދެން މީން ވިސްނައި ދޭން މިއުޅެނީ ވަރަށްގިނަ މަޝްރޫއު ތައް ހިންގާނޭއެނުވާނެ އިނގޭތޯ!

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ ސަރުކާރުން އެ ހޯދާ ކްރެޑިޓް 500 މިލިޔަން ޑޮލަރުން ޕްރޮޖެކްޓެއް ފަށާނަމަ އެޔަށް ކޮންޓްރެކްޓަރުން ވެސް އަދި ހަަމަ އެހެންމެ ސާމާނުވެސް ހޯދާނީ އިންޑިޔާއިން ކަމަށާއި މިކަންތަށް ކުރުމަށް ވާދަވެރި ބިޑިންއެއް ވެސް ނުބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއް ޤައުމަކަށް ދިވެހިދައުލަތުން ދަރާ އެއިން އަރައި ނުގަނެވިގެން އުޅޭ އެއްތަނަކީ އިންޑިޔާކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved