theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނެޓްފްލިކްސްގެ އޯލް ދަ ޝާކްސްގައި ފުވައްމުލަކުގެ ރީތި އެތައް މަންޒަރެއް ދައްކާ / ޔޫޓިއުބް
ހަބަރު
ފުވައްމުލަކުގެ މަޝްހޫރު ޝާކް ޕޮއިންޓު ނެޓްފްލިކްސް އަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 ޖުލައި 2025
މާލެ ސިޓީ

ނެޓްފްލިކްސް އިން ހުކުރު ދުވަހު ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފި އެވެ.

ފުވައްމުލަކުގެ ޝާކް ޕޮއިންޓް ފީޗާކޮށްފައިވަނީ ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގަ އެވެ.

މި ޝޯގައި ތަޖުރިބާކާރުންގެ ހަތަރު ޓީމަކުން، ކަނޑުގެ ދިރުންތައް އެންމެ ގިނައިން ފެންނަ ހަ ސަރަހައްދެއްގައި އެންމެ ގިނަ ބާވަތްތަކެއްގެ މިޔަރުގެ ފޮޓޯ ނެގުމުގެ ވާދަވެރި މުބާރާތެއް ކުރިއަށްގެންދެ އެވެ. އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ދެ އެވެ.

މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ގިނަ ޕޮއިންޓް ލިބޭއިރު، އާންމުކޮށް ފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ލިބެނީ މަދު ޕޮއިންޓެކެވެ.

އެ ފައިސާ ހޭދަކުރަން ޖެހެނީ އެ ޓީމަކުން ކަނޑައަޅާ ޗެރިޓީއަކަށެވެ.

މި ޝޯގެ ފުރަތަމަ އެޕިސޯޑު ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކަށެވެ. އޯޕެނިން ސީކުއެންސްގައި ވެސް ދައްކަނީ އެ ރަށުގެ ރުއްގަނޑާއި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފުވައްމުލަކުގެ ރީތި ގޮނޑުދޮށެވެ.

"އޯލް ދަ ޝާކްސް"ގައި ފުވައްމުލައް ފީޗާކުރުމާ ގުޅިގެން އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ފުވައްމުލަކުގެ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved