

ލ. އަތޮޅު ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:12 ހާއިރު މި އެކްސިޑެންޓު ހިނގީ ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް ލ. މާންދޫ އިން ގަމަށް އަރާ ބެންޑުގެ ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.