April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފުލުުހުންނަކީ ޤާނޫނާ ހިލާފަށް ކުރާ އަމުރު ތަކަށް ތަބާ ވާންޖެހޭ ބައެއް ނޫން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 6, 2025, 10:25 PM
މާލެ ސިޓީ

ފުލުުހުންނަކީ ރައީސުލްޖުމްހުރިއްޔާ، ޤާނޫނާ ހިލާފަށް ކުރާ އަމުރު ތަކަށް ތަބާ ވާންޖެހޭ ބައެއް ނޫންކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސަކަށް ހުންނަވާ ބޭފުޅުން ފުލުހުންގެ މުއައްސަސާގެ ބޭނުން ނާޖާއިޒުކޮށް ހިފަމުން ދާކަމަށެވެ.

އެމަނިކުފާނު ވީދާޅުވީ ފުލުހުންނަށް އަމުރުކުރާ ފަރާތަކީ ރައީސްކަމުގައި ވީނަމަވެސް އެ އަމުރަކީ ޤާނޫނާއި ހިލާފަށް ކުރާ އަމުރެއް ކަމުގައި ވާނަމަ އެ އަމުރަކަށް ތަބާވާން ނުގެހޭނެ ކަމަށެވެ. ރައްޔިތުންނަށް އަނިޔާވާ އެތައްކަމެއް ޤައުމުގައި ވެގެން ދާއިރު، ފުލުހުން ނުކުންނަން ޖެހޭނީ ރައްޔިތުންގެ ހައްޤުގައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ފުލުހުންނަކީ ޤާނޫނުގައި ކޮންމެހެން ރައީސުލްޖުމްހުރިއްޔާ ޤާނޫނާ ހިލާފަަށް ކުރާ އަމުރާއި މިކަންކަމަށް ތަބާވާން ޖެހޭ ބައެއް ނޫން އިނގޭތޯ ކޮންމެ ހެންނެއް އޮންނަ ޤާނޫނީ ސަރުކާރެއް ޤާނޫނާއި ހިލާފު ކަންތައްތައް ކުރާއިރު ނޫނީ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ރައްޔިތުންނަށް އަނިޔާވާ އެތައްކަމެއް ވެގެން ދާއިރު އެ މުއައްސަސާ ނުކުންނާކަށް ނުޖެހޭ ރައީސުލްޖުމްހުރިއްޔާ ގައިގައި ލެނގިގެން

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ފަރާތުން މިފަދަ ކަންތައްތައް އެތަކެއް ވެރި ކަމެއްގައިވެސް ފެނިފައި ވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލޯއެންޑްއޯޑާގެ ދަށުން ބަލަންޖެހޭ ކަންތައްތަކުގެ ތެރެއިން ބޮޑެތި އެއްވުން ފަދަ ކަންކަމުގައި ގެއްލުންދީ ޤާނޫނާއި ހިލާފަށް ރައްޔިތުންގެ އަމަލުތަށް ހުރެގެން ޤައުމުހިންގަން ހުންނަފަރާތަކުން ދޭ އަމުރަކަށް ކިޔަމަންވެ އެކަންކަން ހުއްޓުވަން ފުލުހުންނަށް ލާޒިމުވާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާއަކީ ދައުލަތުގެ ހާއްސަ މުއައްސަސާއަކަށް ވީއިރު އެގްޒެކްޓިވްގެ ބާރުގެ ދަށުން އެ މުއައްސަސާ ދުރުގައި އޮންނަން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މުއައްސަސާ އަކީ މިނިވަން މުއައްސަސާއެއް ގޮތުގައި އޮވެ އެތަނުގެ ޒިންމާ ހަމައެކަނި ނަގާނެ ބަޔަކަށް ފުލުހުން ވާނީ އެތަން މިހާރުގައި އޮތްހެން ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައި ނުވަތަ އެހެން މިނިސްޓްރީއެއްގެ ބެލުމުގެ ދަށުގައި ނެތުމުން ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved