theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝައުފާ އާ އިޝާން / ތޭރަގްރެފިކްސް
ހަބަރު
ޕީއެންސީގެ ޝައުފާއާ އިޝާން ދަތުރުކުރި ފްލައިޓުން ސިނގަރެޓު ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި
Mariyam Isaadha
މަރިޔަމް އިސާދާ
06 ޖުލައި 2025
މާލެ ސިޓީ

ޕީއެންސީގެ ދެ ކައުންސިލަރުން ކަމަށްވާ ފާތިމަތު ޝައުފާއާ އައިޝަތު އިޝާން ރަސްމީ ދަތުރަކަށްފަހު އެނބުރި މާލެ ދަތުރުކުރި ފްލައިޓުން ސިނގަރެޓު ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ތޭރަ އޮންލައިންއިން ހުށަހެޅި އާރުޓީއަށް ލިޔުމުން ދިން ޖަވާބުގައެވެ.

ކަސްޓަމްސްއިން ހާމަކުރި މައުލޫމާތަށް ބަލާއިރު ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދެ ކައުންސިރަކު ދަތުރުކުރި ފްލައިޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެ ކުރަން ކުރަން އުޅެނިކޮށް އެއާޕޯޓު އިން ހިފަހައްޓައިފައިވާއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ލޭބަލް ނުބައިކޮށް ހުރުމުންނެވެ. އަދި ރާއްޖެއަށް އެ ތަކެތި އެތެރެ ކުރެވިފައިނުވާ ކަމަށްވެސް ވެއެވެ.

އެގޮތުން ޝެންހާއީ އެއާޕޯޓުން މެއި މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރި MU235 ފްލައިޓުން ދަތުރު ކުރި މާލެ ސިޓީ ކައުންސިލްގެ ޕީއެންސީއަށް ނިސްބަތްވާ، މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު އިޝާންއާ ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް ހިފަހެއްޓީ ރަސްމީ ދަތުރެއްގައި ޗައިނާއަށް ދިއުމަށް ފަހު އެނބުރި މާލެ އައި އިރު އެ ދެ ކައުންސިލަރުން އަތުން ސިނގިރޭޓު ހިފަަހައްޓާފައިވާ ކަމަށް ސީދާ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށާ ނަމަވެސް އެ ފްލައިޓުން ރާއްޖެއަށް 600 ސިނގަރޭޓު (3 ކާޓޫން) ސްޓިކު އެތެރެ ކުރުން ހުއްޓުވާފައިވާ ކަމަށް ކަސްޓަމްސްއިން ހާމަޮށްފައިވެއެވެ.

ކަސްޓަމްސްއިން ލިޔުމުން ދިން ޖަވާބުގެ ބައެއް

ކަސްޓަމްސްއިން ސިނގިރޭޓު ހިފެހެއްޓީ ސީދާ ކޮން ޕަސިންޖަރުންނެއްގެ އަތުންކަން ހާމަކުރަން ދެކޮޅު ހެދި ނަމަވެސް މި ނޫހަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިޝާންއާ ޝައުފާއެވެ. އެގޮތުން އިޝާންއާ ޝައުފާ އެއާޕޯޓުގެ ރިމާންޑަށް ވެސް ލާފައިވެއެެވެ. ނަމަވެސް ސީދާ ރައީސް އޮފީހުގެ އެންގުމަކަށް އެ ދެ ކައުންސިލަރުން ދޫކޮށްލަން މަޖްބޫރުވެ ދޫކޮށްލީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައުލޫމާތު އެކު ބައެއް ނޫސްތަކުގައި މި ޚަބަރު ޝާއިއުކުރުމުން އިޝާން ވަނީ އެ ނޫސްތަކާ ދެކޮޅަށް ދައުވާކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް ކަސްޓަމްސްއިން، 30 މެއި ގައި، ޝައިންހާއިން ރާއްޖެއަށް އައި ފްލައިޓުން އައި ޕަސިންޖަރުންތަކެއްގެ އަތުން ސިނގަރޭޓު ހިފަހެއްޓިއިރު އެކަމުގެ ފަހަތުގައި ތިބީ ޝައުފާ އާ އިޝާންއާކަން ވަނީ ޔަގީން ވެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގަރޭޓު އެތެރެކުރަން ވެރިކަން ކުރާ ޕާޓީގެ ދެ ކައުންސިލަރަކު އުޅޭފައިވާއިރު، މި ދެ ކައުންސިލަރުން ވެސް ދަތުރުކުރީ ރަސްމީ ދަތުރެއްގައި އޮފިޝަލް ޕާސްޕޯޓުގައިކަން ފާހަގަކޮށްލެވެއެވެ.

ޝައުފާ އާ އިޝާންވެސް މާލެ ސިޓީ ކައުންސިލަށް ހޮވިފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ކައުންސިލްގެ ބައެއް ކައުންސިލަރުން އެކި މަގާމުތަކަށް އައްޔަންކުރުމުން އެ ގޮނޑިތައް ހުސްވެ ބޭއްވި ބައި- އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށެވެ.

ރައީސް މުހައްމަދު މުއިއްޒު ދުންފަތުން ރާއްޖޭގެ ޖީލުތައް ސަލާމަތްކުރުމަށް ކަމަށް ވިދާޅުވެ ވަރު ވަރުން ގާނޫނުތައް ހަދާ ޖެނެރޭޝަނަލް ބޭންތައްވެސް ކުރަމުންދާއިރު އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންތަކެއް މިވަނީ ދުންފަތުގެ ގާނޫނާ ޚިލާފަށް ވަގަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައެވެ. އެވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved