

މަޤާމުތަކުގައި މިހާރު ތިބީ ހަމައެކަނި ގޮނޑީގެ ދިފާއުގައިތިބިމީހުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު މަޤާމުތަކަށް އައިސް މިތިބީ ރައީސް މުއިއްޒު ބުނިއްޔާ ބުނި ކަމެއް ޤަބޫލުކުރާ މީހުން ކަމަށެވެ. އެމީހުންނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ޝައުގުވެރި ކަމެއް ހުރި ބައެއް ނޫން ކަމަށާއި އެމީހުންގެ ހަަމައެކަނި މަޤުސަދަކީ އެމީހުންގެ ގޮނޑި ދިފާއުކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މަޤާމް ތަކަށް އައިސް މިތިބީ އިނގޭތޯ މުއިއްޒު ބުނިއްޔާ ބުނި ކަމެއް ޤަބޫލު ކުރާމީހުން އެމީހުންނަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ޝައުގުވެރިކަމެއް ނެތް، އެމީހުން ބޭނުންވަނީ ހަމައެކަނި އެމީހުންގެ ގޮނޑި ދިފާއުކުރަން
ރައީސް ޔާމީން ވިދާޅުވީ ވަޒީރުންގެ މަޖިލީހާއި އޮޅުހިޔާ ފެސިލިޓީގައި ތިބި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ޕީއެންސީ ގައި މިހާރު ތިބި މެންބަރުންވެސް ހަމައެކަނި މަޤުސަދަކީ ގޮނޑި ދިފާއުކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަށް ވައްދައިފައިވާ ޕީޕީއެމްގެ މެންބަރުނަނަކީވެސް އެމީހުންނަށް އެނގުމަކާއި ނުލައި އޮޅުވާލުމަކުން ވައްދާފައިވާ މެންބަރުން ކަމަށެވެ.