theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީ ޕީޖީ ގްރޫޕު / ސޯޝަލް މީޑިއާ
ހަބަރު, ސިޔާސީ
ރައީސް މުއިއްޒުގެ ރިޔާސީ ދައުރު 50 އަހަރަށް ވެސް ހެދިދާނެ ކަމަށް ބުނެފި!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖުލައި 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުން ބޭނުންވާނަމަ ގާނޫނުއަސާސީ އިސްލާހުކޮށް، ރައީސުލްޖުމްޙޫރިއްޔާގެ ދައުރު 50 އަހަރަށް ވެސް ބަދަލުކުރެވިދާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ރިފާއު ވިދާޅުވީ މިއަދު ޕީއެންސީ މެންބަރުން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ޓާމް ވެސް "ދުއްވާލެވިދާނެ" ކަމަށެވެ. އަދި މިވަގުތު ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޓާމަކީ 15 ނުވަތަ 50 އަހަރަށް ވެސް ހެދިދާނެ ކަމަށް ށެވެ.

މިއަދު މިތާ މި ތިއްބަވާ މެންބަރުން ބޭނުންކަމަށް ވާނަމަ 50 އަހަރަށް ވެސް ދައުރު ބަދަލުކޮށްލެވިދާނެ. ގާނޫނުއަސާސީން އެ ޖާގަ އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން އެ ޖާގަތައް މި ދޫކޮށްލަނީ ރައްޔިތުންގެ ހިޔާލަށް. މި ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ހުރި ހުރިހާ މާއްދާތައް ރައްޔިތުންގެ ޚިޔާލާއެކީ ނޫން ގޮތަކަށް ގާނޫނުއަސާސީ ބަދަލުނުކުރެވޭ ގޮތަށް އަޅުގަނޑުމެން މި ގާނޫނު މި ހަދަނީ. މިއަށްވުރެ އުފާވެރިކަމެއް ކޮބައިތޯ؟

- ރިފާއު

ރިފާއު ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދަންމާލެވިދާނެ ކަމުގެ އިންޒާރު ދެއްވިއިރު މިފަދަ ވާހަކަތަކެއް ރާއްޖޭގެ ސިޔާސީ ވެށީން އިވޭތާ ވެސް ދުވަސް ކޮޅެއް ވެއްޖެ އެވެ. އެފަދަ ސައްލާތައް ރައީސް މުއިއްޒުގެ ވަފާތެރި މެންބަރުންނާއި އެކު އެކިފަހަރުމަތިން މަޝްވަރާ ކުރެއްވި ކަމުގެ އަޑުތައް ވެސް ވަނީ ކުރިން ފެތުރިފައި އެވެ. އަދި ރިޔާސީ ދައުރަށް 5 އަހަހރު ކުރުކަމުގެ ޝަކުވާ ވެސް ރައީސް މުއިއްޒު ހިމެނޭހެން އެމނަިކުފާނުގެ ސިޔާސީ މިތުރުން އަންނަނީ ބުނަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ޕީއެންސީގެ 75 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އެ ޕާޓީއަށް އެބައޮތް ކަމަށާއި ވެރިކަން ކުރަން ވައުދު ފުއްދަން ފަސް އަހަރު މަދު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ. އެހެން ކަމުން އިތުރު ދައުރެއް ނުވަތަ އިތުރު މުއްދަތުގައި މުއިއްޒު ވެރިކަމުގައި ބެހެއްޓެވުމަށް ވެސް އަބްދުއްރަހީމް އަންނަނީ ވަކާލާތު ކުރަމުން ނެވެ.

ރައީސް މުއިއްޒު ރިޔާސީ ދައުރު ދަންމާލުމަށް "އަޑިން" މަސައްކަތް ކުރައްވާއިރު އިތުރު ދައުރަކަށް ނިކުންނަވައިފި ނަމަ ވޯޓުން އެމަނިކުފާނުގެ ވެރިކަމުން ދުރުކުރާނެ ކަމަށް ގިނަ ރައްޔިތުން މިހާރު ވެސް އަންނަނީ ބުނަމުން ނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved