March 21, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މަޖިލިސް މެމްބަރުން ބޭނުންވިޔަސް ނުކުރެވޭނެ ކަންކަން ހުންނާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 9, 2025, 08:04 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް ބޭނުންވިޔަސް ނުކުރެވޭނެ ކަންކަން ގާނޫނު އަސާސީގައި ހުންނާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޕީއެންއެސީ މެމްބަރުން ވެއްޖެ ނަމަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުރު 50 އަހަރަށް ވެސް ދެންމި ދާނެ ކަމަށް މާފަންނު ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވިކަމަށް ބުނާ ޚަބަރެއް ހިއްސާ ކުރައްވާ މަލީހު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

މަލީހު ވިދާޅުވީ، ޕީއެންސީ މަޖިލިސް މެމްބަރުން އެފަދައިން ދައްކާ ވާހަކަތަކަކީ ގާނޫނު އަސާސީގައިވާ އެއްޗެއް ނޭނގި ތަޅާ ބޭކާރު އަނގަ ކަމަށެވެ. އަދި ވިދާޅުވީ މެމްބަރުން ބޭނުން ވިޔަސް ނުކުރެވޭނެ ކަންކަން ގާނޫނު އަސާސީގައި ހުންނާނެކަން ހަނދާން ބަހައްޓަން ޖެހޭ ކަަމަށާ އެންމެ ފަހު ބަސް ބުނާނީ ރައްޔިތުންކަން ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved