April 15, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖެ މިއޮތީ ހެޑަށް އޮޅިފައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 9, 2025, 11:32 PM
މާލެ ސިޓީ

ދިވެހިރާއްޖެ މިއަދު އޮތީ "ހެޑަށް އޮޅިފައި" ކަމަށް ވިދާޅުވެ ގައުމުގެ ކަންކަން ހިނގާ ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ގާނޫނުތަކަށް ބޯލެނބުމަށް އިލްތިމާސްކުރަމުން ދާނަމަ އެ ނަމޫނާ ވެރިންގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރެއިން ފެނިގެން ދަނީ އެންމެހާ ނޭއްގާނީ ކަންކަން ކުރަމުންގެންދާ މަންޒަރުކަމަށާ އޭގެން ރައްޔިތުންނަސް ހާމަވަނީ ވެރިންވެސް ކިޔަމަން ނުގަންނަ މިންވަރު ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގައުމުގެ ކަންކަން ހަމަމަގުން ކައްސާލުމުން ވެރިމީހާ ޒިންމާދާރު ކުރުވަން އޮންނަ ވަޒީރުންގެ މަޖިލީހާ ރައްޔިތުންގެ މަޖިލިސް ވެސް މިއަދު ފެއިލްވެފައިވާ ކަމަށާ މިއަދު އެ ގޮނޑިތަކުގައި ތބީ ހަމައެކަނި މަގާމުތަކުގެ ދިފާއުގައި ތިބި މަގާމުގެ އަޅުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މެޑަލް ޖަހަން މޮޅެތި ގާނޫނުތައް ނަމުން ހަދާ އެ ގާނޫނުތައް މުގުރަމުން ގެންދަނީ ވެސް ޕީއެންސީގެ އެތެރެއިން ކަމަށެވެ.

ގައުމުގެ ކަންކަން ޚަރާބުން ޚަރާބަށް ގޮސްފައިވާކަން ސިފަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު މިއީ ހެޑަށް އޮޅިފައި އޮތް ރާއްޖެ އެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ގައުމުގެ ހުރިހާ ދިމާއަކަށް ނުފޫޒު ފޯރުވާ މުޅި ގައުމު ފަނާކޮށްފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved