April 18, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒަށް ޒިންމާ ނުއުފުލޭނަމަ އަޒުލުކުރަން ޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 11, 2025, 11:47 PM
މާލެ ސިޓީ

ރައްޔިތުން ގައުމަށް ވެރިއަކު އައްޔަންކުރަނީ ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށާ އެހެންކަމުން ރައްޔިތުން ހަވާލުކުރާ ޒިންމާ އަދާނުކުރެވޭ ނަމަ އެމަނިކުފާނު މަގާމުން އަޒުލުކުރަން ރައްޔިތުން ވަކާލާތު ކުރަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ދައުލަތުގެ ތެރޭގައި ހުރި ނާއްގާނީ ކަންކަން ހުއްޓުވުމަށް ނުކުޅެދިފައި ކަމަށެވެ. އެގޮތުން ވައްކަމާ ކޮރަޕްޝަންގެ ހުތުރު އަމަލުތަކާ ފަނޑިޠާރުގެތަކަށް ނުފޫޒު ފޯރުވާ ޖުޑިޝިއަރީ ހިސޯރު ކުރުން ފަދަ ކަންކަން ކުރަމުން ރައީސް މުއިއްޒު ގެންދަވާކަން މަލީހު ފާހަގަކުރެއްވިއެވެ.

މަލީހު ވިދާޅުވީ އިގްތިސޯދު ފުނޑި ގައުމު އިނދަޖެހެމުންދާއިރުވެސް ރައީސް މުއިއްޒު ކަން ކަން ހައްލުކުރަން މަސައްކަތް ނުކުރާ ކަމަށާ އެހެންކަމުން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާނުކުރާނަމަ ގައުމާ ރައްޔިތުންނަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ އެމަނިކުފާނު އަޒުލުކުރުން ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވީ، މި ގައުމުގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން އައިސް ޖީބުތައް ބަރާވާނީ ދެން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއް އައިސްގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved