March 11, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ގައުމުގައި މިއަދު ގިނައީ ޑަބަލް ހެޑެޑް ޕޮލިޓީޝަންސް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2025, 12:42 AM
މާލެ ސިޓީ

ގައުމަށް ފައިދާ ވަނިވި ކަމަކާ މެދު ވިސްނާ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތްކުރާނެ ސިޔާސީ ވެރިންތަކެއް މިއަދު ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ހުރީ ހުސް ގޯސް ކަމަށެވެ. އެގޮތުން ޖުޑިޝިއަރީއާ އިގްތިސޯދާ ގާނޫނު ހަދާ މަޖިލީހާ އަދިވެސް ހުރިއްޔާ ހުރި ދިމާއެއް އޮތީ ގޯހުން ގޯހަށް ދަތުރުކޮށްފައި ކަމަށާ ނަމަވެސް ކަންކަން ރަގަޅު ކުރުމުގެ ނަމުގައި ސަރުކާރާ ވެރިން އަދި ސަރުކާރަށް ބައިއަތު ހިފާ ސިޔާސީ ވެރިންވެސް ގެންދަނި ރައްޔިތުންނަށް އޮޅުވާލާ ބޮޑެތި ޖރީމާތައް ހިންގަމުން ކަމަށެވެ.

އެގޮތުން ޗާގޯސް ހޯދުމާ އިންޑިއާގެ ނުފޫޒުން ގައުމު މިނިވަން ކުރުން ފަދަ ކަންކަމުގައިވެސް ބޮޑެތި އޮޅުވާލުން މިއަދުގެ ވެރިން ރައްޔިތުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއަދު ފެންނަމުން ދަނީ ގައުމުގައި ވެރިކަން ކުރެއްވި ނަމުން އިޚްލާސްތެރިންނާ ހަމައިން ފެށިގެން ސިޔާސީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބި މީހުންވެސް ދެ މޫނުގެ އަހުލުވެރިންގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުން ދަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަމުން ކަމަށާ އޭގެ މާނައަކީ މުޅި ރާއްޖޭގެ ބާރު ކަނޑުވާލުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved