March 20, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ގަދަވާނެ: މެޓް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 12, 2025, 09:52 PM
މާލެ ސިޓީ

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ގަދަވެ، ވައި ބާރުވެ އުދައަރާފާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

Advertisement

ކުރިޔަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި މެދު ރާއްޖެތެރެއާ އުތުރަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ވައިބާރުވާނެ ކަމަށް ބުނެފައި ވެއެވެ. މީގެއިތުރުން ރާއްޖޭގެ ދެކުނަށް އަށް މޭލާ 18 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމުގައި މެޓް އޮފީހުން ހާމަކޮށްފައި ވެއެވެ.

މެދު ރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ ރާޅުގެ އުސްމިން ހަތް ފޫޓަށް އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި ތިންފޫޓާއި ފަސް ފޫޓު ހުރުން އެކަށީގެންވާ ކަމަށް މެޓުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved