March 19, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ

މިނިވަންކަމަށްޓަކައި އިންޓިޔާ އައުޓް ގޮވަން އުޅުއްވާފަ މިނިވަން ދުވަހަށް ގެންނަނީ މޯދީ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 13, 2025, 10:34 PM
މާލެ ސިޓީ

މިނިވަންކަމަށް ޓަކައި އިންޑިޔާ އައުޓް ގޮވަން އުޅުއްވާފައި މިނިވަންދުވަހަށް ގެންނަނީ މޯދީތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ވަރުގަދަކޮށް އިންޑިއާ އައުޓް ގޮވާ ޤައުމުގެ މިނިވަން ކަމަށްޓަކައި އިންޑިޔާ ސިފައި މިގައުމުން ބޭރު ކޮށްލަން ޕީޕީއެމްއާއި އެކީ އެއް ސަފެއްގައި އިންޑިއާ އައުޓް ޓީޝާޓު ތުރުކުރައްވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވި ކަަމަށެވެ. ނަމަވެސް މިއަހަރުގެ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި އެދުވަހުގެ ޝަރަފުވެރިޔަކަށް ގެންނަނީ ހަމަ އެ އިންޑިޔާގެ ޕްރައިމް މިނިސްޓާ މޯދީ ކަމުގައި ވިދާޅުވެ ރައީސް ޔާމީންވަނީ މި ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑުމެންމީ އެންމެ ގަދަޔަށް އިންޑިޔާ އައުޓް ގޮވި މީހުން އެއީ މުސީބާތަކަށް އެކަން ވެގެން ދެއްތޯ ޝައްކެއްވެސް ނެތް މިހާރުވެސް ހުންނާނެ މުއިއްޒުވެސް އިންޑިޔާ އައުޓް ޓީޝާޓުލައިގެން ހުރި ފޮޓޯ ތައް ހުންނާނެ މިތާ އިނގޭތޯ!

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިނިވަން ދުވަހާއި ދިމާކޮށް މޯދީ ގެންނަނީ، ދިވެހިންނަށް މިނިވަންކަން ލިބޭނީ މޯދީ އެމިނިވަންކަން ދިނީމަ ތޯއާއި، އެހެންކަމުން އެ މިނިވަންކަމަށްޓަކައި ރައީސް މުއިއްޒު މޯދީ ގެންނަނީ މޯދީއާއި އެކަމަާއި ގުޅިގެން ވާހަކަ ދައްކަވަން ތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved