April 15, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެން އެފްގެ ޖަލްސާގެތެރެއިން
ރައީސް ޔާމީން، ޕީއެންއެން އެފްގެ ޖަލްސާގެތެރެއިން / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ސުވާލެއް: ޕީއެންސީގައި މެންބަރުން ގިނަވެގެން ކުރެވުނީ ވަކި ކޮން ކަމެއްތޯ؟

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 03:25 AM
މާލެ ސިޓީ

ޕާޓީގައި މެންބަރުން ގިނަވެގެން ޕީއެެންސީއަށް ކުރެވުނީ ކޮން ކަމެއްތޯ ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުވާލު އުފައްދައިފި އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވަކި މުއްދަތެއް ތެރޭ އެއްލައްކައަށް ވުރެ ގިނަ މެންބަރުން ޕާޓީއަށް އިތުރު ކުރާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން ބުނެފައި ވާއިރު، ޕާޓީގައި މެންބަރުން ގިނަވެގެން ޤައުމަށްވާނެ ވަކި ފައިދާއެއް ނުވަތަ ކުރާ ހިދުމަތެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެޕާޓީއަށް މެންބަރުން އިތުރު ކޮށްފައިވަނީ މަރުވެފައި ތިބި މީހުން ސަހާރާއިން ނަގައިގެން ޕާޓީއަށް ވައްދައިގެންނާއި މީހުންގެ ޕާސަނަލް ޑޭޓާ ވަގަށް ނަގައިގެ ޕާޓީއަށް ވައްދައި އަދަދު ހަމަކުރަމުން ކަމުގައެވެ.

ވަކި މުއްދަތެއް ތެރޭގައި އެއްލައްކަ ހަމަކުރާ ވާހަކައާއި، ޕީޕީއެމްގެ މީހުންނަށް ޕީޕީއެެމްގައި ހުރިކަމެއް ނޭގި އެމީހާއަށް އަންގައި ނުލައި އޭނަ ވަކި ކުރި ވާހަކައާއި ދެން ޕާސަނަލް ޑޭޓާ ވަގަށް ނަގައިގެން، އެހެން ވީމާ ވެރިކަމުގައި ތިބޭ ބަޔަކު މިހާ ލަދު ހުތުރު ކަންތައްތައް މިކުރަނީ އަދި ވެރި ކަމުގައި ތިބެގެން

ރަޢިސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ރިވެތި ސާލު ލާއިރު ކުރައްވަނީ މިފަދަ ބޮޑެފި ވައްކަން ކަމުގައެވެ.

އެމަނކިފާނު ވިދާޅުވީ ޕީއެންއެފް އަކަށް ވައްކަން ގޮށްގެނެއް ބަޔަކު ވައްދައިފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން މި ޕާޓީގެ ގިނަ މެންބަރުން ތަކެށް ޕީއެންސީ އަށް ގެންގޮސްފައި ވާއިރު މެންބަރުން ގިނަވެގެނެށް ޕާޓި އިން ކުރެވުނީ ކޮން ކަމެއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދާފައެވެ

ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ ނަމުގައި މެންބަރުން ތަކެއް ތިއްބެވި އިރު އެމެންބަރުންގެ ދާއިރާތަކަށް އިސްކަމެއް ދެއްވައިގެން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ވޭތޯއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބަލަން ބޭނުންވާ އެފަދަ ކަންތައް ތައް ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved