April 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މި ސަރުކާރު ވެރިކަމަށް އައީ ނުކުރެވި ހުރި ކަންތައް ކޮށްދޭނެ ކަމަށް ވައުދު ވަމުން : ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 03:56 AM
މާލެ ސިޓީ

މި ސަރުކާރު ވެރިކަމަށް އައީ ނުކުރެވި ހުރި ކަންތައް ކޮށްދޭނެ ކަމަށާއި ކޮށްފައި ހުރި ކަންތައް އެއަށްވުރެ ވެސް ފުރިހަމައަށް ކުރާނެކަމަށް ވައުދު ވަމުން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ޤައުމުގެ ހާލަތު އޮތީ ވަރަށް ދަތި ކޮށް ކަމުގައި ވިދާޅުވެ. މިކަންކަމަށް ހައްލެއް ހޯދުމަށް ބޭރުން ފައިސާ ލިބޭނެ ކަމުގެ ފެހި ސިގުނަލާއި ރަތް ސިގުނަލް ލިބޭނެ ކަމުގެ ވާހަކަތައް ދައްކާފައި ކަމުގައެވެ.

އަޅުގަނޑުވެސް ދެކެން ބައެއް ހެޑްލައިންތައް މިސަރުކާރު އައި އިރު މިހާ ދަތިކޮށްނޭ އޮތީ، ކަންކަން އޮތީ މިއަދު މިކަހަލަ ވަރަށް ގިނަ ވާހަކަ އެކަމަކު ދަތި ކޮށް އޮތީމަ ދެއްތޯ އެހުރިހާ ކަމެއް ރިސާޗް ކޮށްފަ، ހަމަ ރަނގަޅަށޭ މިބުނަނީ ހާސްކަމެއް ނެތޭ، ބޭރުން ފައިސާ ލިބޭނެ ފެހި ސިގުނަލް ތަކާއި ރަތް ސިގްނަލާއި ފިޔާތޮށި ސިގުނަލާ ލިބިފައޭ ހުރީ، މިހުރިހާ ވާހަކައެއް ދެއްކީ ދެއްތޯ މި އަންނަނީ ކުރީގަ ނުކުރެވި ހުރި ކަންތައް ކޮއްދޭނަމޭ ކިޔާފަ ނޫނީ ކުރަމުންދާ ކަންތައް އެއަށްވުރެ މޮޅަށް ކުރާނަމޭ ކިޔާފަ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މިހުރިހާ ސިގުނަލުތަކެށް ލިބިފައިވާއިރު ސަރުކާރަށް މިވީހާ ދުވަހަކު އަދި މިހާތަނަށް އެންމެ މަޝްރޫއެއް ފެށި އެމަޝްރޫއު ނިންމާ ފައެއްވެސް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގަ ނުކުރެވި ހުރި ކަންތައްތަށް ކޮށްދޭނެ ކަމަށް ބުނެފައި ވާއިރު ސަރުކާރުގެ ހާލަތު އޮތީ މިފަދަ ހާލެއްގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved