April 26, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތަކުން ސާބިތުކުރެވޭނެ މައްސަލައެއް ނޯންނާނެ: ޑރ ޖަމީލު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 09:17 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތަކުން ސާބިތުކުރެވޭނެ މައްސަލައެއް ނޯންނާނެ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް ފްރޮންޓް އޮފީހުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރުގައި ރައީސް ޔާމީން އަށް ތުހުމަތު ކޮށްފައިވާ މައްސަލަ އެބޭފުޅާ ބައްލަވަމުން ގެންދަވާކަމަ ށާއި، އެއާއި ގުޅިގެން ކަނޑައެޅިގެން އެމަނިކުފާނަށް އެމައްސަލަ އާއި ގުޅިގެން ސާބިތު ހުކުމެއް ކުރެވޭނެ އެއްވެސް ހެއްކެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލު ވިދާޅުވީ ސާބިތު ކަމާއި އެކީ ކެރިގެން ހެއްކެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބޭފުޅާއަށް ދެވޭނެ ކަމަށެވެ.

މި މައްސަލައިގެ ތެރޭގަ މިދިޔަ ފަސްއަހަރު ދުވަހު ތެރޭގަ އަޅުގަނޑު މިއުޅުނީ އިނގޭތޯ! ﷲ ގަންދީ ހުވާކޮސްފަ މިދަންނަވަނީ މިމައްސަލައިގަރައީސް ޔާމީން ގެ މައްޗަށް ހުކުމް ކުރެވޭނެ އެއްވެސް ހެއްކެއް ދިވެހި ދައުލަތުގެ ތެރޭގަ ނެތް އިނގޭތޯ!

ޑރ. ޖަމީލް

ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީން މައްޗަށް ތުހުމަތުކުރެވޭ ވޮޑަމުއްލާ މައްސަލައަކީ މިދިޔަ ސަރުކާރުތެރޭގަ ވަކާލާތު ކުރި މައްސަލައެއް ކަމަށާއި މީގައި އިތުރު އާ މައްސަލަތަކެއް ނެތްކަމަށެވެ. މިމައްސަލައަކީ ދިވެހިރާޖޭގެ ހައިކޯޓުންނާއި އަދި ހުރިހާ ކޯޓުތަކުން ނިންމާފައި އޮތް މައްސަކައެއް ކަމުގައި ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. މިމައްސަލަ އާއި ގުޅިގެން ރައީސް ޔާމީން މައްޗަކަށް ސަބިތު ކުރެވޭނެ ކުށެއް ނެތް ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ ހައިކޯޓުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައި ވަނީ މަރުމޯލު ދޮގު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved