February 27, 2026
Advertisement
ޕީއެންސީގެ ވެރިން
ޕީއެންސީގެ ވެރިން / ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ހަމައެކަނި ބިލު ފާސް ކުރުމެއް ނޫން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 09:07 PM
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ހަމައެކަނި ބިލްފާސް ކުރުން ނޫން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީގައި ބުނާގޮގުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ހަމައެކަނި ބިލް ފާސްކުރުމަށް ތިބޭ ބައެއް ނޫން ކަމަށެވެ. ރައްޔިތުން މަޖިލީހުގެ އެންމެ ބޮޑު މަސްއޫލިޔަތަކީ ސަރުކާރު ރަނގަޅުމަގުން ހިންގުމަށް ސަރުކާރު ޖަވާބު ދާރީ ކުރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބިލް ފާސްކުރުމަކީވެސް ދައުލަތް ހިންގުމުގެ ބައެއްކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބެން ޖެހޭނީ ޤާނޫނު އަސާސީގައި ބުނާގޮތުން ހަމައެކަނި ބިލް ފާސް ކުރާ ބައެއް ނޫން އިނގޭތޯ! ބިލް ފާސްކުރުމަކީވެސް ދައުލަތް ހިންގުމުގެ ބައެއް، އެކަމަކު އެމީހުން އެންމެ ބޮޑު ހަވާލުވެފަ އޮންނަ މަސްހޫލިޔަތަކީ ސަރުކާރު ރަނގަޅު މަގުން ހިންގުމަށް ސަރުކާރަށް ޖަވާބުދާރީ ކުރުވުން އެހެންވެގެން ރައްޔިތުންގެ މެންބަރުންނޭ ކިޔަނީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދަރުބާރަކީ ރައްޔިތުންގެ މަސްލަހަތު ނިޔާވާގޮތަށް ކަންކަން ކުރާ ތަނެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ ޒިންމާ އަދާނުކުރުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved