theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްގެ މަލަމަތި / ސޯޝަލް މީޑިއާ
ސިޔާސީ
ރައްޔިތުން 300 އެތައް މިލިއަނެއް އެއާޕޯޓަށް އިތުރަށް ދައްކަން ޖެއްސީ އެމްޑީޕީ، މުއިއްޒަށް މައްސަލަ ބަލަން ނުކެރޭނެ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
14 ޖުލައި 2025
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށާ އެ މައްސަލަ ބަލަން އަދުގެ ރައީސް، ޑރ.މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތްކުރުމުގެ ބޮޑުބައި ކުރަން ޖެހުނީ ރައީސް ސޯލިހުގެ ސަރުކާރަށް ކަމަށާއި، އާ ޓާމިނަލުގެ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ކުރާ މަސައްކަތަށް ބަލާއިރު އޭގައި ރައީސް މުއިއްޒުގެ 10 ޕަސެންޓް ހިއްސާ ވެސް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، އެއާބަސް މަރުކާގެ ބޮޑެތި މަތިންދާބޯޓު ފަހަރު ޖެއްސޭ ގޮތަށް ތަރައްގީކުރި ކޯޑް އެފް ރަންވޭއާއި މާލެއާއި ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖު 2018 ވަނަ އަހަރު އެ މަނިކުފާނު ނުހުޅުވިނަމަ ކޮންމެ ވެސް ބަޔަކު އެ ތަންތަނުގެ ވެސް ކްރެޑިޓް ނަގައި ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ މަސައްކަތް ނުފެށި އޭރު ލަސްވީ ސައުދީ ފަންޑާއި އެ ތަނުގެ މަސައްކަތްކުރުމަށް ހަވާލުކުރީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ދެމެދު ބައެއް ކަންކަމަށް އެއްބަސްނުވެވި ހުރުމުންނެވެ.

އޭގެ ފަހުން ހުރިހާ ކަމެއް ހަމަޖެހި ސިވިލް އިންޖިނިއަރިން މަސައްކަތެއް ކަމަށާއި، އެތަނަށް ހަރަދުވީ 28 މިލިއަން ޑޮލަރު ކަމަށެވެ.

އެހެން ނަމަވެސް ކުރީގެ ސަރުކާރުން މި ޕްރޮޖެކްޓަށް 300 މިލިއަން ޑޮލަރު އިތުރުކުރެއްވި އިރު، އެ ފައިސާ ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިތުރުކުރި 300 މިލިއަން ޑޮލަރަކީ ކޮރަޕްޝަންގެ ގޮތުގައި ޔާމީން ވަނީ ސިފަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް އެ މައްސަލަ ބަލަން ކެރިވަޑައިނުވެސް ގަންނަވާނެ ކަމަށާ ރައީސް މުއިއްޒު ހުންނެވީ ކޮމްޕްރޮމައިޒްވެފައި ކަމަށެވެ.


ދެން ފޮށިގަނޑަކަށް ވީމާ ތިމަންމެންނޭ މިތަން ރީތިކުރީ، މި ރީތިކުރަން މި ހުރީ ފޮފަ ލައްވާފައި ހުރި ގޮތަށް އެނގޭތޯ ހަދާފައި ހުރި ތަންތަން. މިއީ ސިވިލް އިންޖިނިއަރިން މަސައްކަތެއް، މި ތަނަށް ހަގީގަތުގައި ދިޔައީ 28 މިލިއަން ޑޮލަރު، މި ދޮގެއް ނުކުރެވޭނެ. މިތަނަށް ދިޔައީ 28 މިލިއަން ޑޮލަރު، އެކަމަކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި އޮތީމާ އެ ފަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނަގަންވެގެން އިބްރާހީމް މުހައްމަދު ސޯލިހުމެން ޕްރޮޖެކްޓުގެ ވޭރިއޭޝަނެކޭ ކިޔާފައި 300 މިލިއަން ޑޮލަރު ޕްރޮޖެކްޓުގެ އަގަށް އިތުރުކުރީ. ރައްޔިތުން 300 އެތައް މިލިއަނެއް އެއާޕޯޓަށް އިތުރަށް ދައްކަން ޖެހިފައިވަނީ އެމްޑީޕީގެ ސަބަބުން، މުއިއްޒަށް މައްސަލަ ބަލަން ނުކެރޭނެ.

- ރައީސް ޔާމީން

އެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން 2018 ވަނަ އަހަރު ވަނީ ކޯޑް އެފް ރަންވޭ ތަރައްގީކޮށް ނިންމައި ހުޅުވާފައެވެ.

ވީއައިއޭގެ ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްޤީއަށް މިހާތަނަށް ހިންގި މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރަކުން ހިންގި އެންމެ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ.

އައު ޕަސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 430 މިލިއަން ޑޮލަރު، (6.6 ބިލިއަން ރުފިޔާ) ހަރަދުވިއެވެ. އައު ޕަސެންޖަރ ޓާމިނަލް އަކީ ހަތްދިހަ އަށް ހާސް ސްކޮޔާ މީޓަރ ބޮޑު، ސާޅީސް ޑިޕާޗަރ ގޭޓާއެކު ތިރީސް އަށް އިމިގްރޭޝަން ކައުންޓަރ ހިމެނޭ ގޮަތަށް ފަރުމާ ކުރެވި ޒަމާނީ ފެންވަރަށް ހަދާ ހިޔާކޮށްފައިވާ ބާރަ ޖެޓީ ހިމެނޭ ޓާމިނަލެކެވެ. މި ޓާމިނަލްގައި ޒަމާނީ ބެގެޖް ސްރީނިން އަދި ބެގެޖް ސާވިސް ބެލްތަކާއި އެކްސްޕްލޯސިވް ޑިޓެކްޓިވް ސިސްޓަމެއްގެ އިތުރުން ފިއުލް ހައިޑްރެންޑް ސިސްޓަމެއް ވެސް ހުންނާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved