

މިފަހަރު ޔޫކޭއަށް ވަޑައިގަންނަވާއިރު މަސްދަޅު ވިއްކުމުގެ އިތުރަށް ގެއްލުނު ކަނޑު ހޯދުމުގެ މަސައްކަތެއް ކޮށްދެއްވުމަށް ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރައިސް ޑރ މުހައްމަދު މުއިއްޒުއަށް އިލްތިމާޒު ކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހުގެރޭ ޕީއެންއެންއެފްއިން ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެހެން މަސްދަޅު ވިއްކަން އުޅުއްވާނެ ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވާހެން ގެއްލުވާލި ކަނޑުގެ ވާހަކަދައްކާލަން ފެނި ވަޑައި ގަންނަވާކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރައިސް މުއިއްޒު ވެރިކަމާއި ހަވާލުވުމުގެ ކުރިން ވިދާޅުވެފައި ވަނީ މޮރީޝަސްގެ ކަނޑުގެ ސަރަހައްދަކީ ގެއްލުނު ކަނޑެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދުމަކާއި ނުލައި ގެއްލުވާލާފައިވާ ކަނޑެއް ކަމަށެވެ. ވީއިރު މިހާރު މިއޮތީ އެމަނިކުފާނުގެ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮތް އޮޅުހިޔާ ފެސިލިޓީ ކަމަށް ވާއިރު، އެކަނޑަށް ސަރުކާރުން ކްލޭމް ކުރަން ޖެހޭނެ ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ދިވެހި ރައްޔިތުން ފަރާތުން މުއިއްޒުއަށް ދަންނަވާ އިލްތިމާޒެއްމީ، މިފަހަރު ޔޫކޭއަށް ވަޑައިގަންނަވާއިރު މަސްދަޅު ވިއްކުމުގެ އިތުރަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތެއް ކޮއްލަދެއްވާށޭ! އެހެންވީމަ ކޮންމެހެން މަސްދަޅު ވިއްކަން އުޅޭނެ ކަމެއް ނެތް، އެމަސްދަޅު މިހާރު ޗައިނާގަ ޕެކްކޮށްގެން ޝިޔާމު ބޭނުންވަނީ ޗައިނާގަ އެކަން ކުރަން އެހެންވީމަ މުއިއްޒު ކޮންމެހެން އިނގިރޭސި ވިލާތަކަށް ޗައިނާއިން މަސްދަޅު ގެންދަން އުޅޭނެ ކަމެއް ނެތް
އެމަނިކުފާނު ވިދާޅުވީ ޗައިނާއާއި ރަޝިޔާގެ ތަކެތި މުޅި ޔޫރަޕުން ބޭން ކުރަމުން ދާއިއިރު މިދަނޑިވަޅަކީ އެމަސައްކަތް ޗައިނާގައި ކުރަން ވީ ވަގުތުތޯ ވިސްނާލަން ޖެހޭކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ލިވަޕޫލަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގޮނޑި ފެނިވަޑައިގެން ހިއްޕުޅުހަމަނުޖެހުނު ނަމަވެސް، މިފަހަރު އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުގައި ގެއްލުނު ކަނޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކާ ދިނުމަށް އިލްތިމާޒު ކުރައްވާ ކަމަށެވެ.