

ވެރިކަންލިބުމަކީ ރައްޔިތުންގެ މުދާ ބޭނުންހާގޮތަކަށް ދިރުވާލަން ލިބޭ ލައިސެންސެއް ނޫން ކަމުގައި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ރުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާވިދާޅުވީ، ވެރިކަން ލިބުމަކުން ރައްޔިތުންގެ މުދާ ދިރުވާލާ ޤައުމުގެ ހަޒާނާ ބޭނުން ހާގޮތަކަށް ލޫޓުވާލުމުގެ ލައިސެންސް އެމީހަކަށް ލިބުނީ ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ފައިސާ އަކީ، ރައީސުލްޖުމުހުރިއްޔާގެ ބޮލުގައި އެޅިފައި އޮތް އަމާނާތެއް ކަމަށެވެ.
ވެރިކަމަށް އަންނަ މީހަކު ހީކޮށްގެން ނުވާނޭ، އޭނައަށް އެބައޮތޭ ލައިސެންސެއް އޭަނ ބޭނުން ގޮތަކަށް ދިރުވާލަން ވީއޭ، އޭނަ ބޭނުން ގޮތަކަށް ހަޒާނާ ލީޓުވާލަންވީއޭ އޭނައަކީ ވެރިމީހާއޭ! ރަނަގަޅު ވާހަކައެއް އޭނައަކީ ރައިސުލް ޖުމުހުރިއްޔާ ޝައްކެއްވެސްނެތް، އޭނަގެ އަތުގައި ހުރިހާ ބާރެއް އެބައޮތް އެކަމަކާވެސް ޝައްކެއްވެސް ނެތް އެކަމަކު އޭނަ އެޔައްވުރެ ބޮޑު އަމާނާތެކޭ ހަވާލުކުރައްވަނީ
ޑރ. ޖަމީލް ވިދާޅުވީ މިސަރުކާރުގެ ވެރިން މަސައްކަތް ކުރައްވަނީ ހަލީފާއިން ތަމްސީލުކޮށް ހަލީފާއިން އުޅުއްވި ގޮތަށް އުޅޭކަން ދައްކަވަން ކަމުގައެވެ. ނަމަވެސް ވަމުންދަނީ ރައްޔިތުންގެ މުދަލަށް ހިޔާނާތް ތެރި ކަމުގައެވެ.
އެބޭފުޅާ ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ރައީސުލް ޖުމުހުރިއްޔާގެ ގެކޮޅު ދިމްޔާތު ތެރެއިން ކޮންމެ މަހަކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މީހަކަށް ބައިލައްކަ ރުފިޔާ ދިނުމުގެ އިތުރުން އެހެން ގޮތް ގޮތަށްވެސް ފައިސާ ބޭރުކުރާ ކަމުގައެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ތެރެއިން އޭސީސީ ފަދަ ތަންތަން އެކުލަވާލައިފައި ވަނީ މިފަދަ ކަންތައް ތައް ބަލަން ކަމުގައިވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ދިމްޔާތުތެރެއިން ނެރޭހާ ފައިސާ އަކީ ކަންޑައެޅިގެން ކުރާ ވައްކަމެއް ކަމުގައެވެ.