April 26, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ރާއްޖޭގައި 'ކައްޒާބު' މިބަސް ބޭނުން ކުރަން ފެށުނީ 2023 ގެ ފަހުން:ޑރ ޖަމީލް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 16, 2025, 08:16 PM
މާލެ ސިޓީ

ރާއްޖޭގައި 'ކައްޒާބު' މިބަސް ބޭނުން ކުރަން ފެށުނީ 2023 ގެ ފަހުން ކަމުގައި ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިޔާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެބޭފުޅާ ވިދާޅުވީ ކައްޒާބު މިބަސް ރާއްޖޭގައި ބޭނުންކުރަން ފެށީ 2023 ގެފަހުން ކަމަށެވެ. ސަބަބަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނަށް ޗޯރު ގޮވަމުން ވެރިކަމަށް އައިސް ވައްކަން ކޮށް މުޅިދައުލަތުގައި ވައްކަން އާންމު ކުރުމުން ކަމުގައެވެ.

އެތަކެއް ހެޑްލައިންތައް ހިމެނޭހެން ލިވެފައިވާ މިޕޯސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށް ހަދާފައިވާ ގިނަ ދޮގު ފާހަގަ ކޮށްފައިވެއެވެ.

ޑރ. ޖަމީލުގެ މިޕޯސްޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ މިވެރިކަމުގައި ހަދަމުން ދަނީ ހުސް ދޮގު ކަމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ދޮގަކީ، ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ކަމަކަށްވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކުރާނެ ކަމަށް ބުނެ ހަދާފައިވާ ދޮގެވެ.

ގެއްލުނު ކަނޑު، ޗާގޯސް ދިވެހިންނަށް ހޯދައި ދޭނެ ކަމަށް ބުނެ ހަދާފައިވާ ދޮގާއި ދޮންމަންމަގެ ތަރިކަ މުދާ ޖަހައިގަނެ ހަދާފައިވާ ދޮގު ވެސް އެޕޯސްޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ޑރ ޖަމީލުގެ ޕޯސްޓްގައި އިތުރަށް ފާހަގަކޮށްފައި ވަނީ އިންޑިޔާ އައުޓް ކިޔަމުން އައި ވެރިކަމުން އިންޑިޔާ ބޭރުނުކޮށް ހަދާފައި ވަނީ ދޮގެއް ކަމުގައެވެ. އެހެންކަމުން ވައުދު ތަކެއްވެ އެންމެ ވައުދެއްވެސް ނުފުއްދާ އެމަނިކުފާނު ހަދަމުން ދަނީ ހުސް ދޮގުކަމުގައި ޑރ ޖަމީލުގެ އެޕޯސްޓުގައި ހާމަކޮށްފައި ވެއެވެެ.

ދޮގު ހަދަމުން ހަދަމުންގޮސް ރާއްޖެއަށް އިންވެސްޓަރުންގެ ފެހި ސިގުނަލޭ ވިދާޅުވެ މީގެ އިތުރުން ޑޮލަރުގެ އަގު ނޫފުލޭނެ ކަމަށާއި ފްލެޓް ތަކޭ ކިޔައިގެން ވެސް ހަދާފައިވަނީ ހަމަ ދޮގު ކަމުގައި ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޯޓުތަކަށް އަތް ނުބާނާނެ ކަމަށް އެމަނިކުފާނު ބުނެފައިވާއިރު، ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް އަތްބޭނީ ހަމަ އެކޯޓުތަކަށް ކަމީވެސް ރައީސް ގެ ދޮގުތަކަށް އިތުރު ބޮޅެއް އިތުރުވާނެ ކަމެއްކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved