theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
އިޤްތިޞާދީ ޙާލަތު ދަށްކަމަށް ބުނެ ސަރުކާރުން އަދިވެސް ކުރަނީ ޝަކުވާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
17 ޖުލައި 2025
މާލެ ސިޓީ

2023 ވަނަ އަހަރު ޑރ މުހައްމަދު މުއިއްޒަށް ނުވަތަ ޕީއެންސީ އަށް ވެރިކަން ލިބުނު އިރު، ގައުމުގެ އިޤްތިސާދީ ހާލަތު އޮތީ ވަރަށް ހާލަތު ގޯސްކޮށް ކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މަތީން ވިދާޅުވެފައިވާއިރު ގައުމުގެ ވެރިކަން ލިބުނީއްސުރެ މި ސަރުކާރުން އަންނަނީ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވާހަކަ ނުހުއްޓާ ދައްކަމުންނެވެ.

ވެރިކަމާއި ހަވާލުވިއިރުވެސް "އިކޮނޮމިކަލީ" ގައުމު ބޮޑު އަދަވަޅެއްގައި އޮތްކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުން އަންނަނީ އަދިވެސް ހަމަ އެ ޝަކުވާ ކުރަމުންކަން މަތީންގެ ވާހަކަތަކުން ހާމަވާކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ގައުމުގެ ހާލަތު ދަށްކަމަށް ބުނެ ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ގެނެސް އުމްރާނީ ގޮތުން ގައުމު ތަރައްގީ ކުރެވިފައިވާ މަންޒަރު ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށް މަތީން ވިދާޅުވިއިރު އެބުނާ ތަރައްގީ ފެންނަނީ ގައުމުގެ ކޮން ހިސާބަކުންބާވައޭ ރައްޔިތުން ތިބީ ސުވާލު އުފެދިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ޕްރޮޖެކްޓް މި ސަރުކާރުގެ މަޝްރޫއުއަކަށް ހަދާ އެ މަޝްރޫއުއަކީ މި ސަރުކާރުގެ "ލީޑަރޝިޕްގެ" ދަށުން ތަރައްގީ ކޮށްފައިވާ ތަނެއްގެ ގޮތުގައި މަތީން ވަނީ ވަރަށް ބޮޑަށް ސިފަކޮށްފައެވެ.

މީގެ އިތުރުން، މި ސަރުކާރު މަސައްކަތްކުރަނީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިގެން ކަމަށް ބުނެފައިވާއިރު ވެރިކަމަށް ދެ އަހަރުވެގެން ދާއިރު ބޭރުގެ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ފަނޑުވުން ނޫން ތަރައްގީއެއް ގައުމަށް ކުރި ތަނެއް ފެނިގެންގޮސްފައިނުވާ ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރޭގެ ޕީއެންސީ ޖަލްސާގައިވެސް ވަނީ ކުރީގެ ސަރުކާރުތަކަށް ފާޑު ކިޔާ، ކުރީގެ ސަރުކާރުތަކުގެ ސަބަބުން މިހާރުގެ ލީޑަރޝިޕަށް ސަރުކާރު ހިންގަން ނޭގިގެން އުޅުއްވާކަމަށް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved