March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ޤައުމު މިހާރު މިއޮތް ހިސާބުން އަރައިގަންނާނެ ގޮތެއް ހޯދަންޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 17, 2025, 09:01 PM
މާލެ ސިޓީ

ޤައުމު މިހާރު މިއޮތް ހިސާބުން އަރައިގަންނާނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި، އަދި އެކަމާއި ގުޅޭ މަޝްވަރާތަކެއް ކުރެވެން ޖެހޭނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އާދިީއްތަ ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ހާލަތު އޮތީވަރަށްވެސް ނާޒުކު ފައްތަރެއް ގައި ކަމަށާއި ވީއިރު މިހާލަތު ބަދަލުކުރުމާއި ގުޅިގެން ސަރުކާރުން މަޝްވަރާތަކެއް ކުރަންޖެހޭނެ ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ އިތުރު ދައުރަކަށް އުންމީދު ކުރާނަމަ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބާކީ މިއޮތް މުއްދަތުގައި ޤައުމުގެ ހާލަތު ބަދަލުކޮށްލަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަދަ ވިސްނުމެށް މިސަރުކާރަކުން ބޭނުން ނުވާކަމަށެވެ. އިޤްތިސާދު ރަނގަޅު ކުރުމަށް މަސައްކަތް ނުކުރަށްވާ ޤައުމުގެ ހާލަތު، ދަށަށްދާ ކޮންމެ ފަހަރަކު އިންޑިޔާއިން އެހީ އަކަށް އެދުމަކީ ފެނިލައްވާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ވިދާޅުވީ މިއީ ކާބަފައިންގެ ޒަމާނުގައިވެސް ކަންތައްތައް ހިގާގޮތް ނޫން ކަމަށެވެ.

އަޅުގަނޑުމެން މިސަރުކާރު އޮވެގެންވެސް އިނގޭތޯ ދެން ލިބިފައޮތް ބާކީދުވަސްކޮޅުގެ ތެރޭގަވެސް އަދި ދެވަނަޓާރމެއް ބޭނުންވިޔަސް މިހާރު މިއޮތް ހިސާބުން އަރައިގަންނާނެ ގޮތެއް އެބަަދައްކަންޖެހޭ އޭގެ މަޝްވަރާތަކެއް ހޯދެންޖެހޭ! އެކަން ކުރާކަށް ބޭނުމެއް ނުވޭ އެއްނޫންތޯ ހަމައަނެއްކާވެސް ދަތިވީމަ އަނެއްކާވެސް އިންޑިޔާއިން ކޮންމެސް އެއްޗަކަށް އެދޭނީ މީތޯ އަޅުގަނަޑުމެން އުޅެންޖެހޭގޮތަކީ؟

ރައީސް ޔާމީން

ރައީށް ޔާމީން ވިދާޅުވީ ލޯނު ނަގާތީ ގިނަބަޔަކު ފާޑު ކިޔުއްވާއިރު، ލާރި އުފެއްދޭނީ ލާރި ހޯދައިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލިބޭއެއްޗަކުން ކަމަރު ބަދެލައިގެން ތިބެގެނެއް ކުރިއަށް ނުދާމެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ބޭފުޅަކަށް 5 އަހަރުގެ ދައުރެއް ލިބޭ އިރު، އެލިބޭ ވަގުތަކީ ވަރަށް ވެސް އަގުހުރި އެއްޗެއްކަމުގައި ދެކިގެން ހަމައެކަނި ދައުލަތަށް ވަންނަ ލާރިކޮޅުން އިޤްތިސާދު ރަނަގަޅު ކުރެވޭނެ ކަމަށް ދެކިގެން ނުހުރެވޭނެ ކަމަށެވެ. ޤައުމުގެ އިޤްތިސޯދު ރަނގަޅު ކުރާނަމަ ކަންތައް ކުރަން ޖެހޭނީ ލޯނުވެސް ނަގައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved