March 20, 2026
Advertisement
 ވައިގަދަވެ މޫސުމް ގޯސްވާ ވަގުތުތަކުގައި ސަމާލުވޭ
ވައިގަދަވެ މޫސުމް ގޯސްވާ ވަގުތުތަކުގައި ސަމާލުވޭ / މޯލްޑިވްސް ޕޮލިސް ސާރވިސް

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވޭ!

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 17, 2025, 08:59 PM
މާލެ ސިޓީ

މޫސުން ގޯސްވުމާއި ގުޅިގެން މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

Advertisement


މިއަދު 14:00އިން 18:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ހާމަކޮށްފައި ވާގޮތުގައި މިއަދު މާލެ ސަރަހައްދުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކަނޑު ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓު ހުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިއްޔެ މޫސުމާ ބެހޭ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ، މިއަދުން ފެށިގެން ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެހެންކަމުން ވައި ބާރުވެ، ކަނޑުތައް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް ބުނެފައެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގައާއި އެއްގަމުގައި ވެސް މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި ވާތީ މޫސުމަށް ސަމާލުވުން މުހިންމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved