
ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ޓިން ޓޮޕް ޑިކްޓޭޓާރ އަކު އިނގިރޭސިވިލާތުގައި ވާނީ ނޭވާހާސް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާގެ އެކްސް އެކައުންޓްގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިނގިރޭސިވިލާތަކީ ޑިމޮކްރަސީގެ ލާމަސީލު ގައުމަކަށްވަނީ ސަބަބުތަކެއް ހުރުމުން ކަމުގައެވެ.
ޑރ ޖަމީލު ވިދާޅުވީ އިނގިރޭސި ވިލާތަކީ ކޮމަން ލޯ އުފަންވި ޤައުމު ކަމަށާއި މެގްނަކާޓަރ އަދި ބިލް އޮފް ރައިޓްސް އުފަންވި ޤައުމު ކަމަށެވެ.
ޑރ ޖަމީލްގެ އެ ޕޯސްޓުގައި ވަނީ އެގަމަކީ ލިޔެވިފައި ނެތް ޤާނޫނުއަސާސީއެއް އޮވެ މިއަދުވެސް އާންމު ފަރުދަކަށް ބްރެގްޒިޓް އަދި ޕާރލިމަންޓް ޕްރޯގް ކުރި މައްސަލަ ސަރުކާރާއި ބޮޑުވަޒީރާ ދެކޮޅަށް ކާމިޔާބު ކުރި ޤައުމު ކަމުގައެވެ. އެޤައުމުގެ ޖުޑިޝަލް އިންޑިޕެންޑެންސަކީ މިސާލެއް ކަމުިގައި ވެސް އެބޭފުޅާގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އެޤައުމުގެ ޤާނޫނު ހަދާ މަޖްލީހުގެ 90 އިންސައްތައަކީ ޔުނިވަރސިޓީ ޑިގްރީ އަދި 55 އިންސައްތައަކީ ރަސަލް ގްރޫޕްގެ ޔުނިވަރސިޓީތަކުގެ ގްރެޖުއޫޓުން ކަމުގައި ޑރ.ޖަމީލް ކޮށްފައިވާ އެކްސް ޕޯސްޓުގައި ހާމަކޮށްފައި ވެއެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ މި ދިވެހިރާއްޖޭގެ މަޖިލީހުގެ 98 އިންސައްތަ އަކީ ސާނަވީ ތަޢުލީމް ނެތް ބައެއް ކަމުގައެވެ. މި ޤައުމުގެ މަޖިލީހުގެ ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރ ފަލާޙު، އަކީ ޕްރައިމަރީ ތަޢުލީމެއް ނެތް ބޭފުޅެއްކަމުގައި އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލް ވިދާޅުވީ ވީއިރު ތައުލީމެއް ނެތް ނުފޫޒުގަދަ މީހުންނާ އެކު މުއިއްޒު ފަދަ ޓިން ޓޮޕް ޑިކްޓޭޓާރ އަކު އިނގިރޭސިވިލާތުން ނޭވާ ހާސްވާނެ ކަމަށެވެ.










