March 17, 2026
Advertisement
ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ އިނގިރޭސި ރަސްގެފާނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ އިނގިރޭސި ރަސްގެފާނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި / ރައީސް އޮފިސް

ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ އިނގިރޭސި ރަސްގެފާނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

Jul 18, 2025, 12:42 AM
މާލެ ސިޓީ

ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ އިނގިރޭސި ރަސްގެފާނާ، އަބަދުވެސް ފަލަސްތީނާއެކު ދެމި ހުންނަވާނެ ކަމަށް ވިދާޅުވާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

Advertisement

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުން އޮތީ ވިންޑްސޯ ކާސަލްގައެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި، ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރެން ގާތްވެފައިވާ މ ދަނޑިވަޅުގައި، ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

މިއީ ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ރަސްގެފާނު ޗާލްސްއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޑިސެމްބަރު 1، 2023، ގައި ދުބާއިގައި އޮތް ކޮޕް-28 ސަމިޓުގެ ހަވާސާގައެވެ.

ރައީސް މުއިއްޒު ގައުމު އިގްތިސޯދު އިނދަ ޖެހިފައިވަނިކޮށް ބޮޑު ޚަރަދުކޮށް އެކި ދިމަދިމާއަށް ދަތުރުކުރަމުން ދާތީ ގިނަ ބައެއްގެ ނުުރުހުން ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved