

ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ކަމަށާ، އެކަން އެގޮތަށް ދިމާވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އެ އެއާޕޯޓް ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވަނިކޮށް، އެ އެއްބަސްވުން ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބާޠިލް ކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވި ވިދާޅުވުމަށް ރައީސް ޔާމީން ރައްދު ދެއްވައިފިއެވެ.
ޕީއެއްއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަންވެސް ވެގެން ދިޔައީ އެހެން ސަރުކާރުތަކުން ރާއްޖެ ހޯދައިފައިވާ އެސެޓު ވިއްކާލުން ކަމުގައެވެ. ރައީސް މުހައްމަދު ނަޝީދުއަށް އެހާ ފަރިތަކަމާއި އެކީ މަންމަ އުނަގަނޑުގައި އޮތް ފައްޓަރުބައި ވިއްކާލީއޭ ބުނެވެނީ އެސަބަބާއި ހުރެ ކަމުގައި ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއަކާލާ، ދިރާގުގެ ހިއްސާ ވިއްކާލާ، މީގެ އިތުރުން އެއާރޕޯޓު އެއްކޮށް ޖީއެމްއާރަށްދީފައި 16 އަހަރު ފަހުން އެމްޑީޕީއިން މަސައްކަތްކުރަނީ އެއަރޕޯޓު ޖީއެމްއާރަށް ވިއްކާލި ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމުގައި ދައްކަން މަސައްކަތް ކުރާކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެއާރޕޯޓު ޖީއެމްއާރަށް ދިނުމުގެ ކުރިން އެއާރޕޯޓު ކުންފުންޏަކީ އަހަރެއްގެ މައްޗަށް 300 މިލިޔަން ރުފިޔާގެ ފައިދާ ނަގަމުން އައި ތަނެއް ކަމަށެވެ. ނަަމަވެސް ޖީއެމްއާރަށް އެޔާޕޯޓު ދިނުމުން އެންމެފުރަތަމަވެސް ސަރުކާރަށް ދެއްކީ 15 މިލިޔަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
16 އަހަރު ފަހުން މިހާރު މިއުޅެނީ ޖީއެމްއާރަށް އެއަރޕޯޓު ވިއްކާލި ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމުގައި ދައްކަން! އެއީ މިކުރާ ކަމަކީ. ޖީއެމްއާރަށް އެއާރޕޯޓު ވިއްކާލުމުގެ ކުރިން އެއަރޕޯޓު ކުންފުންޏަކީ ، އެއަރޕޯޓު މެނޭޖުކުރި އެއަރޕޯޓު ކުންފުންޏަކީ އަހަރަކު 300 މިލިޔަން ރުފިޔާގެ ފައިދާ ނެގިތަނެއް، އަހަރަކު 300 މިލިޔަން ރުފިޔާ އާއި ކައިރި އަދަދަކަށް ފައިދާނެގިތަނެއް! ޖީއެމްއާރަށް ދީފަ ﷲގެ ރަހުމަތުން މާގިނަދުވަހު އެމީހުންނެއް ނުތިބޭ، ފުރަތަމަ އަހަރު ދައުލަތަށް ދެއްކީ އެންމެ 15 މިލިޔަން ރުފިޔާ އެހެންވީމަ ރަނގަޅުވިޔަފާރިއެއްތާ ކޮށްފަ މިއޮތީ އެންމެ ފުރަތަމައަހަރު މިއޮތީ ރަނގަޅު ވިޔަފާރިއެއް ކޮށްފައި، 300 މިލިޔަނުން 15 މިލިޔަނަށް
ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމުން ސަރުކާރަށް 1000 ބިލިޔަން ރުފިޔާ ލިބިފައި ވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 2018 ވަނައަހަރު ނިމުނުއިރު އެމްއޭސީއެލްގެ ސާފު ފައިދާއަކީ 1.3 ބިލިޔަން ރުފިޔާކަމަށެވެ.
2024 ވަނަ އަހަރުގެ އެއާޕޯޓުގެ ފައިދާއަކީ 1.1 މިލިޔަން ކަމަށާއި އެއީ ދުވަހަކުވެސް އެއާރޕޯޓަށް ލިބިފައި ނުވާވަރުގެ ފައިދާއެއް ކަމުގައި ވިދާޅުވިޔަސް 2018 ވަނަ އަހަރު އެއާޕޯޓުން ދައްކާފައި ވަނީ 1.3 ބިލިޔަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރިއަލްޓާމްސްއަށް ބަލާ ޑޮލަރުން ޖެހޭވަރު ބެލި ނަމަވެސް އެތަނުގެ 2024 ވަނައަހަރުގެ ނެޓް ޕްރޮފިޓަކީ 55 މިލިޔަން ޑޮލަރެވެ. އެހެން ކަމުން 2018 އާއި އަޅާކިޔާއިރު ޕްރޮފިޓް އޮތީ ބޮޑު ތަނުން ފަހަތުގައި ކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ދަރަނި އިތުރުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލާ ރައީސް ޔާމީން ވީއައޭ ތަރައްގީކުރުމަށް ލޯނު ނެގުމުން ކަމަށް ވިދާޅުވި ވިދާޅުވަށްވެސް ފުރިހަމަ ރައްދެއް ދެއްވާފައވެެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމަށް ފަހު ދެން އައީ ސީދާ ފައްޔާޒު އިގްތިސޯދީ ވަޒީރުކަން ކުރެއްވި ވެރިކަމެއް ކަމަށާ އެހެންކަމުން ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމެއް އެ ޕްރޮޖެކްޓުން ވާނަމަ އެކަން ފައްޔާޒުގެ ވަޒީރުކަމުގައި ނުހުއްޓިވީ ކީއްވެތޯ ރައީސް ޔާމީން ސުވާލެއް އަމާޒުކުރެއްވިއެވެ.