

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގައި ފޯޅަވަހީގެ ވާހަކަ ރައީސް ޑރ މުހައްމަދު މުއިއްޒު ނުދައްކަވާތީ ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން ދިވހެި ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިނގިރޭސިވިލާތަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ރަސްގެފާނާ އަދިވެސް އިނގިރޭށިވިލާތުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާއިރު ގައުމުގެ ކަންކަން މަޝްވަރާކުރެއްވި ވާހަކަ ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށެވެ.
ނަމަވެސް ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ވެރިންނާ ވާހަކަ ނުދައްކަވާތީ ރައީސް ޔާމީން ވަނީ ނުުރހުން ފާޅުކުރައްވާފައެވެ.
އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގައި ގާނޫނު ހަދާ މަޖިލީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވި. ރަސްގެފާނާ ބައްދަލުކުރެއްވި. ކުރައްވާ ދަތުރުގައި ފޯޅަވަހީގެ ވާހަކަ ނުދައްކަވާ. ނަމަވެސް ވެރިކަމަށް ވަޑައިގަތީ އެތަން އަނބުރާ ހޯދާނެކަމަށް ވިދާޅުވަމުން. މި ވަޑައިގަންނަވާ ދަތުރުތަކުގައި ގައުމަށް ފައިދާ ހުރިކަމެއް ކޮށްދެއްވިއްޔާ ކީއްހޭ ވާނީ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ގޯސްއަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ރައީސް މުއިއްޒުގެ ސަރުކާރުން ހާމަކޮށްފައިވާ ކަމަށް މީޑީޔާ ރިޕޯޓުތައް ބުނެފައިވެއެވެ. ރައީސް މުއިއްޒުގެ ފަރާތުން ބެރެސެލްސް އަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދޅާުވެފައިވާ ގޮތުގައި ޗާގޯސް ހޯދުމުގެ ނަމުގައި ސަރުކާރުން އެތައް ކެމްޕެއިނެއް ހިންގަމުން ދާއިރުވެސް، ޑިއެގޯ ގާސިއާގެ މައްޗަކަށް ރާއްޖެއަކަށް އެއްވެސް ކަހަލަ ބަލަދުވެރިކަމެއް ނެތްކަމަށެވެ. އަދި އެތަން ބޭނުން ވެގެން އެއްވެސް ވަރަކަށް ނޫޅޭ ކަމަށް ވެސް ޔޫރަޕިއަން ޕާލިމެންޓްގައި ދެއްކެވި ވާހަކާގައި އެމްބެސެޑަރ ފާހަގަކުރެއްވި ކަމަށް ވެސް ވެއެވެ.