April 26, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

މޮނިޓަރ ކުރާނެ ސޮފްވެއަރ އެއް އުފައްދާނެ ގާބިލުކަމެއް ނެތި ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރާ ދަރިވަރުން ބިކަ ހާލުގައި: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 18, 2025, 07:01 PM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން މޮނިޓަރ ކުރާނެ ސޮފްޓްވެއަރ އެއް ތަރައްގީ ވެފައި ނެތުމުން އެ ކުދިންގެ ކަންތައްތައް ބެލޭނެ ނިޒާމެއް ނެތް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރާއްޖެއިން ބޭރުގެ ސްކޮލަރޝިޕްތަކާއި ގުޅިގެން ކުރެވުނު ސުވާލަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ދިވެހި ދަރިވަރުން ގައުމުން ބޭރުގައި ހާލުގައި ޖެހުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންބޮޑުވާން ޖެހޭ މައްސަލަތަކާއި ރައީސް މުއިއްޒު އާއި ސުވާލުކުރެވޭ އިރުވެސް ގައުމުގެ ވެރި މީހާއަށް ދެއްވާނެ ޖަވާބެއް އެގިނުލައްވާ ކަމަށާއި "ލާމަސީލު" ޕްރެސް ކޮންފަރެންސްގައިވެސް އެ ހުރިހާ ވަގުތެއް މުއިއްޒު ދުއްވާލީ އެކަށޭނަ ޖަވާބެއް އެއްވެސް ސުވާލަކަށް ނުދެއްވާ ކަމަށެވެ.

މީގެ އިތުރުން 50 ދަރިވަރުން ސްޕެއިންގައި އެކަނިވެސް ތައުލީމު ހާސިލުކުރަމުންދާއިރު އެ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ ފައިސާ ނުލިބިގެން މަގުމަތީގައި ސަލާން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޖަލްސާގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ސަރުކާރުން މިހާރު ފެނިގެންދަނީ "ފަށް ކަނޑަން ހަވާލު ކުރި މީހަކު ސާހިބު މީހާއަށް ބޭވަފާތެރިވުން" ކަމަށް ޖަލްސާގެ ބައިވެރިންވެސް ވަނީ ފާހަގަކޮށްފައެވެ.

މިހާރު ފެނިގެންދަނީ ފަށް ކަނޑަން ހަވާލު ކުރި މީހަކު ސާހިބު މީހާއަށް ބޭވަފާތެރިވީމަ ފެންނަ ކަހަލަ ކަންކަން.

ސީޕީ ހުސައިން ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved