

ނިއު ޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިންޑިއަން-އެމެރިކަން ފިލްމް މޭކަރ މީރާ ނާއިރް ގެ ދަރި ޒޮހްރާން މަމްދާނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެއެވެ.
މޯދީއާއި ބައްދަލުކުރައްވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މަމްދާނީ ބުނީ މޯދީއަކީ މުސްލިމުން ކަތިލާ މީހެއް ކަމަށާއި ނިއު ޔޯކަށް އަޔަސް ބައްދަލެއް ނުކުރާނެ ކަމަށެވެ.
މިގޮތުން، މަމްދާނީ އަކީ އިންޑިއާގެ ގުޖުރާތުގެ ދަރިފަސްކޮޅަށް ނިސްބަތްވާ މީހެއް ކަމަށާއި ނަމަވެސް މޯދީ ވަނީ ގުޖުރާތުގައި ދިރިއުޅޭ މުސްލިމް އެންމެން ކަހަލަ ގޮތަކަށް ނައްތާލާފައިކަމަށެވެ. މީގެ އިތުރުން މަމްދާނީ އަކީ ގުޖުރާތު މީހެއް ކަމަށް ބުނުމުން ގިނަ މީހުން ގަބޫލުވެސް ނުކުރާ ކަމަށާއި ސަބަބަކީ މޯދީގެ އަމުރުގެ ދަށުން އެ ސްޓޭޓުން މުސްލިމުން މަރާ ނައްތާލާފައިވާތީއެވެ.
މީގެ އިތުރުން، މޯދީ އަކީ ބެންޖަމިން ނަތަންޔާހޫ އާއި ލެވެލް އަކަށް ގިންތި ކުރަންޖެހޭ މީހެއް ކަމަށްވެސް މަމްދާނީ ވަނީ ބުުނެފައެވެ.
މިއާއިއެކު، މި ބަހުސްގައި ބައިވެރިވި އިތުރު ފަރާތްތަކުންވެސް ވަނީ މޯދީއާއި ބައްދަލު ނުކުރާނެކަމަށް ބުނެފައެވެ.
މޯދީ ވަނީ އެކި ޕްލެޓްފޯމްތަކުގައިވެސް މުސްލިމުންނާއި ދެކޮޅަށް ވާހަކަ ދައްކާ މުސްލިމުން މަރަން ގޮވާލާފައެވެ. މިގޮތުން، ފަލަސްތީނުގައި ސަހްޔޫނީން ކުރަމުންދާ ހަނގުރާމައަށް ވާގިވެރިވުމަށް މޯދީއ އަންނަނީ އެ ގައުމަށް ހަތިޔާރުވެސް ފޯރުކޮށްދެމުންނެވެ.