March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

60 އަހަރުގެ މިނިވަންކަމުން ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 19, 2025, 11:42 PM
މާލެ ސިޓީ

26 ޖުލައި ވާ ހޮނިހިރު ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހަށްވާއިރު ގައުމުގެ ހާލަތަށް އަވަސް ނަޒަރެއް ހިންގާލުމުން ފެނިގެންދަނީ 60 އަހަރުގެ މިނިވަންކަމަށް ފަހު އަޅުވެތިކަމުގެ ދުވަސްތަކަށް ރާއްޖެ ދަތުރުކުރަމުންދާ މަންޒަރެވެ.

Advertisement

އިންޑިއާއަކީ ފެށުނީއްސުރެ ދިވެހިރާއްޖެއާއި އެންމެ ކައިރީގައި އޮތް ގައުމަށްވެފައި ރާއްޖެ މިވަނީ މިއަދު އިންޑިއާއަށް ހުރިހާ ގޮތަކުން ބަރޯސާވެ އަމިއްލައަށް ބުލީކުރަން ފުރުސަތު ދީފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާއި އެކު ގިނަ ބަޔަކު ގަބޫލުކުރި ގޮތާ ޚިލާފަށް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އިންޑިއާގެ އަޅުވެތިކަމަށް ހުށަހެޅެމުންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެއްޓެވި "އިންޑިއާ އައުޓް" ކެމްޕެއިން އިން ވެރިކަން ކާމިޔާބުކުރައްވާ އެ ކެމްޕެއިންވެސް ވަނީ ބޮޑު "ސްކޭމް" އަކަށް ބަދަލުކުރައްވާ ދިވެހިންނަށް އެތައް ގޮތަކުން އޮޅުވާލާފައިވެއެވެ.

60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމަވާފައިވީ ނަމަވެސް މިފަދަ މުނާސަބު ދުވަހުގައިވެސް "މުނާސަބަތުގެ ޗީފް އޮފް ގެސްޓް" އަކަށް ވަޑައިގަންނަވަނީވެސް އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއެވެ. މިފަދަ މުހިއްމު ދުވަހުގެ ތައްޔާރީތަކަށްވުރެ ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންދަނީ މޯދީއަށް ހިމާޔަތް ދިނުމާއި މޯދީގެ ހިތްހަމަޖެއްސުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ކަމަށް ދަނީ ފެންނަމުންނެވެ.

އިންޑިއާއަށް ދިވެހިރާއްޖެ ވިއްކާލާ، އިންޑިއާ ސިފައިން މި ގައުމުގައި މިނިވަންކަމާއި އެކު ހަރަކާތްތެރިވަމުން އަންނައިރު ހަގީގީ މިނިވަންކަމުގެ ރަހަ މުއިއްޒު ވަނީ 02 އަހަރު ތެރޭގައި ދިވެހިންގެ ކިބައިން ނިގުޅައިގެންފައެވެ. ކުރިން ކީހާ ޅެން ފަރިއްސަށް ބަދަލުކޮށް ކުރިން ބުނި އެތި ކެންސަލްކޮށް އިންޑިއާ އިން ވެސް ކޮށްފައެވެ.

މޯދީއަކީ މުސްލިމުން ފާޅުގައި މަރަން ގޮވަމުން އަންނަ ފަރާތަކަށް ވާއިރު މިފަދަ މީހެއް ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބައިވެރިވުމަށް ރަސްމީ އިއްޒަތުގައި ގެނައުމަކީ އެންމެ ރަނގަޅު ގޮތްބާއޭ ދިވެހިން ހިތަށްއަރާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާތަކެއް މޯދީ ހިންގަމުން އަންނައިރު މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހުންނާނީ ވަކި ކޮން ކުލުނެއްބާއެވެ؟

60 އަހަރުގެ މިނިވަންކަމުން އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ދާން އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެއެވެ. މިނިވަންދުވަހުގެ ހަދިޔާއަކަށް މުއިއްޒު އަންނަނީ ދިވެހިން އިންޑިއާއަށް ހަދިޔާކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved