March 11, 2026
Advertisement
-
- / ރައީސް އޮފިސް

ބޭކާރު އިތުރު ދަތުރުފުޅަކަށްފަހު ރައީސް އެނބުރި ވަޑައިގެންފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 19, 2025, 05:29 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ބޭކާރު އިތުރު ރަސްމީ ދަތުރުފުޅަކަށްފަހު ގައުމަށް އެނބުރި ވަޑައިގެންފިއެވެ. އިނގިރޭސިވިލާތަށް މުއިއްޒު ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު، ދިމާވި ޕްރޮޓޮކޯލް މައްސަލަތަކުން އަރައިނުގަނެވެނީސް މި ދަތުރުވެސް ވެގެން ދިޔައީ ފައިދާހުރި އެއްވެސް ކަމެއް ގައުމަށް ކޮށްނުދެވި ސޯޝަލް މީޑިއާއަށް ފޮޓޯ ނެގުމަށް ކުރެއްވި ދަތުރެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާއި އެކުގައި މުއިއްޒު ފޮޓޯއެއް ނަންގަވާ ސަރުކާރުން ވަނީ މި ދަތުރުގެ މުހިއްމު ކަމާއި މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަން ސިފަކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިކަން ފާހަގަކުރެވެއެވެ.

މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި މެދު މުހިއްމު މަޝްވަރާތައް ކުރެއްވި ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް މިފަދަ މުހިއްމު ދަތުރެއް ނިންމަވާލެއްވީ އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރ ކީރް ސްޓާމާ އާއި ބައްދަލުނުކުރައްވައެވެ.

ރަސްމީ ދަތުރުތަކުގެ ނަމުގައި މުއިއްޒު އަންނަނީ ވެރިކަމަށް ހޮވުނީއްސުރެ އެކި ގައުމުތަކަށް ދަތުރުކުރައްވާ ދައުލަތުގެ ބަޖެޓަށް ބާރު ބޮޑު ކުރަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved