March 11, 2026
Advertisement
ޓްރެފިކް ފުލުހުން
ޓްރެފިކް ފުލުހުން / ޕޮލިސް މީޑިޔާ

އެކްސިޑެންޓް ތަކުގެ މައްސަލާގައި ހަމައެކަނި ބޯޑުތަކެއް ހިފައިގެން ތިބުމަކުން ނުފުދޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 19, 2025, 09:08 PM
މާލެ ސިޓީ

މަގުމަތީ އެކްސިޑެންޓްތަކުގެ މައްސަލާގައި ފުލުހުން ހަމައެކަނި ބޯޑުތަކެއް ހިފައިގެން މަގުތަކުގައި ނަސޭހަތް ދޭން ތިބުމަކުން ނުފުދޭ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހަމައެކަނި ނަސޭހަތެއް ލިޔަފައި ހުރި ބޯޑުތަކެއް ހިފައިގެން ފުލުހުން މަގުތަކުގައި ތިބުމަކުން ނުފުދޭ ކަމަށާއި އެކްސިޑެންޓް ފަދަ މައްސަލަތައް ހައްލުކުރުމަށް މީގެ ބަދަލުގައި އަމަލީ މަސައްކަތެއް ފެންނަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެކުރިން ބޭރު މަގަކީ ސްޕީޑް ބްރޭކަރުތަކެއް ހަރު ކޮށްފައި ހުރި ތަނަކަސް އެމްޑީޕީ ވެރިކަމުގައި، އެ ބްރޭކަރުތަށް ނަގާ އެއްލާލާފައި ވާކަމުގައެވެ.

ބޭރުމަގުގައި ބާރު ސްޕީޑަށް މީހުން ދުއްވާނެ ކަމަކީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށާއި ވީއިރު އެތަނުގައި އެ ބްރޭކަރުތައް ހުރުން މުހިންމު ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާރު ފުލުހުން ކުރަނީ ކީއްތޯ، ބޯޑުތަކެއް ހިފައިގެން މިދަނީ ބޯޑު ތަކެއް ފެންނަން މިހުންނަނީ އިނގޭތޯ! އޭގަ ދެން ކޮންމެވެސް ރަނގަޅު ނަސޭހަތެއް މިދެނީ އިނގޭތޯ، އޭގަ މިބުނަނީ ސްޕީޑް ކުރުމަށް ވުރެ މީހުންގެ ފުރާނަ މުހިންމޭ! އެކަހަލަ ވާހަކަ. މިހުންނަނީ އެކަމަކު ސްޕީޑުކޮށްގެން މިދެންނެވީ މިއަށް އަމަލީ މަސައްކަތެއް ނުކުރާތީ، ސްޕީޑުކޮށްގެން މިކަންކަން ދިމާވަނީ ބޭރު ބޮޑު މަގުގަ އަޅާފަހުރި ހުރިހާ ޓްރެފިކް ބަންޕުތައް ޓްރެފިކް ބްރޭކަރުތައް ހުރިހާ އެއްޗެއް އެހެރީ އުކާފަ، އެމްޑީޕީ ވެރިކަމުގަ އެކަން ކުރީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް މާލޭގައި ރޭސިން ނުކުރެވޭތީ ހުޅުމާލޭގައި ރޭސިންނަށް ހުޅުވާލުމުން މިހާރު އެކަންވެސް އޮތީ ހުއްޓުވާލައިފައި ކަމަށެވެ.

ރައީސް ޔާމީން ވިިދާޅުވީ ބޭރުމަގުގައި ހެދި ޓްރެފިކް ބަމްޕުތަކަކީ ހިނގާ މީހުނާއި ދުއްވާ މީހުންގެ ސަލާމަތަށް ހަދައިފައި ވާ ބަމްޕު ތަކެއް ކަމަށާއި، އެމަގަކީ މާކަގިނަ ކަފިހި ހުރަސް ތަކެއްވެސް ހުރި ތަނަކަށް ނުވާއިރު އެ ހުރަސް ތަކުގެ ދެކޮޅުން ދެ ބަމްޕު ހަދާ މިމައްސަލައަށް އަމަލީ ގޮތުން ހައްލެއް ގެނައުން މުހިންމު ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާމުގެ މޭޔަރުކަމުގައި މަގުހަދައި ނިންމި އިރު މިފަދަ ވިސްނުންފުޅެއް ނުގެން ނެވިކަމަށެވެ. ބަންޕުތައް ހުރުމަކީ މާބައިވަރު މީހުން އެކަމަކާ ޝަކުވާކުރާނޭ ކަމެއް ނޫން ކަމަށާއި ކިތަންމެ ބާރަށް ދިޔަޔަސް ދުއްވާ މީހަކު ދާނީ އެތަނަށް މަޑު ކޮށްފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved