theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ
ސިޔާސީ
ޑރ ޖަމީލު، މެޑަމް ސާޖިދާއަށް: ތިޔައީ ގައުމުގެ އެމްބެސެޑަރެއް ފަދަ ބޭކަނބަލެއް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖުލައި 2025
މާލެ ސިޓީ

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދަކީ ގައުމުގެ އެމްބެސެޑަރެއް ފަދަ ބޭކަނބަލެއް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެ ނަސޭހަތުގެ ޕޯސްޓެއް ކުރައްވައިފިއެވެ.

ސޯޝަލް މީޑިޔާ ޕްލެޓް ފޯމް އެކްސްކައި އެބޭފުޅާ ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިރާއްޖޭގެ ފަސްޓްލޭޑީއަކީ ދުސްތޫރީ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭކަނބަލެ ނޫންކަން ހަނދާން ކޮށްދެއްވާފައެވެ. އަދި ޑިމޮކްރަސީތަކުގައި އިޖްތިމާޢީ ކޮންމެވެސް ކަމެއްގައި ވަކާލާތުކުރާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމުގައެވެ.

ޑރ. ޖަމީލް ފާހަގަކުރެއްވީ އެމެރިކާގައި މިޝެލް އޮބާމާގެ "ލެޓްސް މޫވް" ކެމްޕެއިނުން އޮބީސިޓީ ހުއްޓުވަން، ނެންސީ ރޭގަން ޑްރަގާ ދެކޮޅަށް "ޖަސްޓް ސޭ ނޯ" ކެމްޕެއިން ހިންގެވި ކަމަށާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އަނބިކަނބަލުންނަކީ ވިކްޓޯރިއާ ލޭޑީ ސްޓާމަރ ކަމުގައި ވީއިރު އެޤައުމުގައި ރަސްމީ އެއްވެސް ދައުރެއް ނޯންނަކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ޓެކްސް ފައިސާގައި ރަސްމީ ދަތުރުފަތުރުކޮށް ހޭދަ ކުރުމުގެ ބާރެއް އަދި އާދަކާދައެއް ނުގެން ގުޅުއްވާ ކަމުގައި ޑރ. ޖަމީލުގެ ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.

ޑރ. ޖަމީލު ގެ ޕޯސްޓުގައިވަނީ އެކަމަނާއަކީ ދިވެހި ގައުމުގެ އެމްބެސެޑަރެއް ފަދަ ބޭކަނބަލެއް ކަަމަށެވެ. އެހެންކަމުން އަބަދުވެސް ގައުމު ރީތިގޮތުގައި ރެޕްރެސެންޓް ކުރާތަން ފެންނަންވާނެ ކަމަށެވެ. ކަމަނާގެ ވާހަކަ ދެއްކުމާ، ޙަރަކާތްތަކާ، އާދަކާދަ ތަކުންވެސް ގައުމުގެ ހައިބަތު ފެންނަން ޖެހޭނެ ކަމުގައެވެ. މީގެ އިތުރުން އެބޭފުޅާ ފާހަގަކޮށްފައިވަނީ ހިލޭ ފިރިހެނުންނާ ސަލާމް ކުރާނަމަ ނުވަތަ ނުކުރާ ނަމަވެސް ކޮންމެވެސް އެއް ވެލިއުއެއް ފެންނަންވާނެ ކަމުގައެވެ.

ދައުލަތުގެ ފައިސާއިން އެކަމަނާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް ފާޑުވިދާޅުވެ، ޑރ.ޖަމީލް ފާހަގަކުރެއްވީ މިވަގުތަކީ މިއީ ދިވެހި ރައްޔިތުންގެ ޙާލު ވަރަށް ނިކަމެތި ވަގުތެއްކަމުގައެވެ. އެހެންކަމުން ޚަރަދު ކުރުމުގައި ބައްލަވަންވާނެކަމުގައި ޑރ ޖަމީލު ވިދާޅުވެފައިވެެއެވެ.

ޑރ.ޖަމީލް ފާހަގަކުރެއްވީ، އެކަމަނާގެ ވިސްނުންފުޅު އިޖްތިމާޢީ ކޮންމެވެސްކަމަކަށް ހުސްކުރައްވާ، ޚާއްސަކޮށް ޒުވާން ކަނބަލުންގެ ޙައްގުތަކަށް ވަކާލާތު ކުރެވިއްޖެނަމަ އެކަންވެގެންދާނީ، ރައްޔިތުން ގަބޫލުކުރާނެ ހެޔޮ މަސައްކަތެއްކަމުގައި ކަމަށެވެ. ނަމަވެސް މިހާރު ސާޖިދާ އުޅުއްވަނީ މުޅިއޮޑީގައި ހަސަނުގެ ދެފައޭ ބުނާ އުސޫލުން ކަމުގައިވެސް ޑރ ޖަމީލުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved